ހިތްހަމަ ނުޖެހިގެން އޭޖީ އަޙްމަދު އުޝާމްގެ ޕްރެސް ކޮންފަރެންސް ދޫކޮށް ނޫސްވެރިން ނިކުމެއްޖެއެވެ.
އޭޖީ އުޝާމް މިއަދު ނޫސްވެރިންނާއި ބައްދަލު ކުރަށްވާފައިވަނީ، ސަރުކާރުން ފަހަތުގައި އޮވެގެން މީޑިއާ ކޮންޓްރޯލް ކުރުމަށް ރައްޔިތުންގެ މަޖިލީހަށް މިނިވަން މެންބަރެއް މެދުވެރިކޮށްގެން ހުށަހަޅާފައިވާ މީޑިއާ ބިލާމެދު ނޫސްވެރިން ފާޅުކުރަމުންދާ ކަންބޮޑުވުންތަކަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.
އެގޮތުން އުޝާމް މިއަދު ވިދާޅުވެފައިވަނީ އެބިލު އަނބުރާ ނަގަންޖެހޭ ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށާއި، އެބިލާއި 2022 ގައި އޭރުގެ މީޑިއާ ކައުންސިލުން ބަންޑާރަ ނާއިބުގެ އޮފީހާއި ޙިއްސާކުރި ޑްރާފްޓްގައި މާބޮޑޫ ތަފާތެއް ނެތް ކަމަށެވެ.
މަޖިލީހަށް މިހާރު ހުށައަޅާފައިވާ ބިލުގެ ދިފާއުގައި، 2022 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި މީޑިއާ ކައުންސިލުން ފޮނުވި ޑްރާފްޓް ބިލެއް އުޝާމް ދެއްކެވުމުން ނޫސްވެރިން ވަނީ އޭރުގެ ބިލެއް އުޝާމް މިހާރު ދައްކަވަނީ އެކަމުގައި ސިޔާސީ ކުލަ ޖައްސަވަންކަން ފާހަގަކޮށް ބައްދަލުވުމުން ވޯކް-އައުޓް ކޮށްފައެވެ.
އަދި އުޝާމް ގެންދަވަނީ ހަގީގަތް އޮޅޭ ގޮތަށް ޓްވިސްޓް ކޮށްގެން ވާހަކަ ދައްކަވަމުން ކަމަށްވެސް ނޫސްވެރިން ވަނީ ތުހުމަތު ކޮށްފައެވެ.
މިއަދުގެ ބައްދަލުވުމުގައި އުޝާމް ވަނީ މިހާރު މަޖިލީހަށް ހުށައަޅާފައިވާ ބިލަށް އެމްޖޭއޭގެ ކޮމެންޓަށް އެދުނު ނަމަވެސް އެ ޖަމިއްޔާއިންވެސް ބިލަށް ކޮމެންޓް ކުރަށްވާފައި ނުވާކަމަށް ވިދާޅުވެފައެވެ.
އުޝާމް މިހެން ވިދާޅުވެފައިވާއިރު، ނޫސްވެރިންގެ ޕްރެޝަރ ބޮޑުވެ ރައީސް މުޢިއްޒުވެސް މިއަދު ވަނީ ރާއްޖޭގެ މީޑިއާގައި މަސައްކަތް ކުރަށްވާ ބައެއް އިސް ފަރާތްތަކާއި މިއަދު ބައްދަލު ކުރަށްވާފައެވެ.
އަދި ކުރީގެ ނޫސްވެރިން ކަމަށްވާ ކޮމިއުނިކޭޝަން މިނިސްޓަރ އިބްރާހިމް ޚަލީލާއި، ޔޫތު މިނިސްޓަރ އަސްވާޑު ވެސް މިއަދު ވަނީ ރައީސް އޮފީހުގެ ބޭރުގައި ނޫސްވެރިންނާ ބައްދަލު ކުރަށްވައި މިބިލުގައި ސަރުކާރުގެ އަތެއް ނެތްކަން ދެއްކެވުމަށް މަސައްކަތް ކުރަށްވާފައެވެ.
އޭގެއިތުރުން މިއަދު ބޭއްވި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމުގައި ނިންމާފައިވަނީ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއި، ހިއުމަން ރައިޓްސް ކޮމިޝަންގެ އިތުރުން ޔޫތު މިނިސްޓްރީ އާއި ރަޖިސްޓްރީކޮށްގެން ހިންގާ މީޑިއާތައް އެ ކޮމިޓީ އަށް ހާޒިރުކޮށް، ހިޔާލު ހޯދުމަށެވެ.
އަދި އެބިލު އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިން ނިންމަން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ނިންމާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު