ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހެޅިފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލަށް އާންމުން ހިޔާލު ހުށަހަޅަން ހުޅުވާލައިފިއެވެ.
ރައްޔިތުންގެ މަޖިލީހުން މިއަދު ކޮށްފައިވާ އިއުލާނެއްގައިވަނީ އެ ބިލަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލެވިފައިވާކަމަށާއި އެ ބިލަށް އެއްވެސް ހިޔާލެއް އޮތްނަމަ އެކަމެއް މި ފެށޭ ސެޕްޓެމްބަރު މަހުގެ 6 ވަނަ ދުވަހުގެ 23:59 ގެ ކުރިން ހުށަހެޅުމަށް އެދޭކަމަށެވެ.
ހިޔާލު ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ހިޔާލު ފޮނުވަން ޖެހެނީ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގެ އީމެއިލް އަށެވެ.
މި ބިލަށް ހިޔާލު ހުށަހަޅަން ހުޅުވާލާފައި މިވަނީ އެ ބިލަކީ ސަރުކާރުން މީޑިއާތަކުގެ ކޮންޓްރޯލް ނެގުމަށް ބިލް ފަރުމާކޮށްފައިވާކަމަށްބުނެ ގިނަ އަދަދެއްގެ ނޫސްވެރިން އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށެވެ.
ނޫސްވެރިން ގެންދަނީ އެ މައްސަލާގައި އިހުތިޖާޖު ވެސް ކުރަމުންނެވެ. އެ ކަންބޮޑުވުންތަކާއި ގުޅިގެން ރައީސް ޑރ، މުޙައްމަދު މުޢިއްޒުވަނީ ސީނިއަރ ބައެއް ނޫސްވެރިންނާ މިއަދު ބައްދަލުވެސް ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު