ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް މަޖިލީހުގައި ވާހަކަ ދައްކަވަމުން، ނޫސްވެރިން "އުލުބައިންދަންވީ" ކަމަށް ވިދާޅުވެފައިވާތީ އެ މައްސަލަ ބެލުމާ މެދު ޕްރޮސެކިއުޓަރ ޖެނެރަލްގެ ލަފައަކަށް އެދިފައިވާނޭކަމަށް ފުލުހުން ބުނެފިއެވެ.
މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ ރެގިއުލޭޓްކުރާ ކޮމިޝަން އުފެއްދުމާ ގުޅޭ ބިލްގެ ބަހުސްގައި ވާހަކަ ދައްކަވަމުން ފަލާހް ވަނީ އޭނާއަށް ނޫސްވެރިންތަކެއް ބޮޑު އަނިޔާއެއް ދީފައިވާކަމަށާއި އޭނާއަކީ އެއްޖިންސުން ގުޅުންހިންގާ މީހެއްގެ ގޮތުގައި ހަބަރު ފެތުރިކަމަށް ވިދާޅުވެފައެވެ. އެހެންވެ ނޫސްވެރިންނަށް އަދަބު ދިނުމުގެ ގޮތުން "އުލުބައިންދަން" ވީކަމަށް ވިދާޅުވިއެވެ.
އޭގެ ސަބަބުން ނޫސްވެރިން ދަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެ މައްސަލާގައި ޖާނަލިސްޓް އެސޯސިއޭޝަނުން ވަނީ ފަލާހްގެ މައްސަލަ ބަލައިދިނުމަށް އެދި ފުލުހަށް މައްސަލަ ހުށަހަޅާފައެވެ.
އެކަމާގުޅިގެން ފުލުހުން މިއަދު ބުނީ، އެ މައްސަލާގައި މިހާރުވާނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ ލަފައަކަށް އެދިފައިކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ގާނޫނު ބުނާގޮތުން މަޖިލީހުގެ ތަޅުމުގައި އިސްލާމް ދީނުގެ އަސްލަކާ ހިލާފު ވާހަކައެއް ނޫން ކޮންމެ ވާހަކައެއް މެންބަރުންނަށް ދެއްކޭނެކަމަށާއި އެކަމުގައި އިމްތިޔާޒުތައް ލިބިގެންވާކަމަށެވެ. ނަމަވެސް ޖާނަލިސްޓް އެސޯސިއޭޝަނުން ހުށަހެޅި މައްސަލާގައި ބުނެފައިވަނީ ފަލާޙް ދެއްކީ ބަޔަކަށް އަނިޔާވެރިވާ ވާހަކަ ކަމަށާއި އެއީ އިސްލާމްދީނުގެ އަސްލާ ހިލާފު ކަމެއްކަމަށެވެ.
ފަލާހްގެ އެ ވާހަކަ ނޫސްވެރިން ވަނީ ރައީސާ ވެސް ހިއްސާކޮށްފައެވެ. ރައީސް ޑރ. މުޢިއްޒު ވެސް ވަނީ އެ މައްސަލަ ބައްލަވާނެކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު