ފަސް މިލިޔަން ގަސް އިންދުމުގެ ޕްރޮގުރާގެ ދަށުން މިހާތަނަށް 650،000 އަށްވުރެ ގިނަ ގަސް އިންދާފައިވާކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ބުނެފިއެވެ.
މި ޕްރޮގްރާމަކީ ދުނިޔޭގެ ތިމާވެށީގެ ދުވަހާއި ގުޅުވައިގެން ފެށި ޕްރޮގްރާމެކެވެ. މިއީ މުޅި ރާއްޖެ ޝާމިލްވާ ގޮތަށް ކުރިއަށް ގެންދާ ޕްރޮގްރާމަކަށްވީއިރު، މި ހަރަކާތުގައި ސަރުކާރުގެ ކުންފުނިތަކާއި މުއައްސަސާތަކުން ދަނީ ބައިވެރިވަމުންނެވެ.
މިއީ ރާއްޖޭގައި މިހާތަނަށް ހިންގާ ގަސް އިންދުމުގެ އެންމެ ބޮޑު ޕްރޮގުރާމެވެ. މިއީ 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގުރާމެއް ނަމަވެސް މިޕްރޮގުރާމުގެ ދަށުން 6.4 މިލިޔަން ގަސް އިންދުމަށް އެކި މުޢައްސަސާތަކާއި އަމިއްލަ ފަރާތްތަކުން ވަނީ ކަނޑައަޅާފައެވެ.
މި ޕްރޮގްތާމުގެ ދަށުން މިއަދާހަމައަށް މުޅި ޖުމްލަ 658،294 ގަސް އިންދާފައިވާ ކަމަށް މިނިސްޓްރީގެ ތަފާސްހިސަަބުތަކުން ދައްކައެވެ.
މި ޕްރޮގްރާމުގައި އިސްކަންދީފައިވަނީ ރާއްޖެއިން ނެތެމުންދާ ބާވަތްތަކުގެ ގަސް އިންދާ އާލާކުރުމަށް ކަމަށް މިނިސްޓްރީން ހާމަކުރިއެވެ. އެގޮތުން ރާއްޖެއިން ނެތެމުންދާކަމަށް ބެލެވޭ 90 ބާވަތެއްގެ ގަސް ލިސްޓުކޮށް، އިންދުމަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު