37 އަހަރު ދުވަހުގެ މުއްދަތަށް ސިފައިންގެ ހިދުމަތުގައި މަސައްކަތް ކުރެއްވުމަށްފަހު ބްރިގޭޑިއާ ޖެނަރަލް އަހުމަދު ނަޝީދު ރިޓަޔާ ކުރައްވައިފިއެވެ.
ނަޝީދު ރިޓަޔާކުރެއްވުމާ ގުޅިގެން ބަންޑާރަކޮށީގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނެވެ.
މި ރަސްމިއްޔާތުގައި ޣައްސާން ވަނީ ނަޝީދުގެ ހިދުމަތް ފާހަގަކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވި ސިޓީފުޅެއް، ނަޝީދުއާ ހަވާލުކޮށްދެއްވާފައެވެ.
ސިފައިންގެ ހިދުމަތުން ޝަރަފްވެރިކަމާ އެކު ނަޝީދު ރިޓަޔަރކުރެއްވިއިރު ހުންނެވީ ޑައިރެކްޓަރޭޓް އޮފް ލޮޖިސްޓިކްސް އެންޑް ރިސޯސް މެނޭޖްމަންޓްގެ ޑައިރެކްޓާ ޖެނަރަލް އަދި އޯޑްނަންސް ސާވިސް ކޮމާންޑަރުގެ މަގާމުގަ އެވެ.
ނަަޝީދުގެ ދިގު އަސްކަރީ ހިދުމަތުގައި އޭނާ ވަނީ ޑައިރެކްޓަރޭޓް އޮފް ލޮޖިސްޓިކްސްގެ ޕްރިންސިޕަލް ޑައިރެކްޓާގެ މަގާމާއި އޯޑްނަންސް ސާވިސް ކޮމާންޑަރުގެ މަގާމު ފުރުއްވާފައެވެ. މީގެ އިތުރުން ކޮމާންޑިން އޮފިސަރުގެ މަގާމާއި ކުއާޓާ މާސްޓާ ސާވިސްގެ ކޮމާންޑިން އޮފިސަރެއްގެ މަގާމް ވެސް ފުރުއްވިއެވެ.
ދެން އޭނާ ފުރުއްވީ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕުގެ ކޮމާންޑިން އޮފިސަރުގެ މަގާމާއި ޓްރާންސްޕޯޓް ސާވިސްގެ ކޮމާންޑިން އޮފިސަރުގެ މަގާމު އަދި ސަޕްލައި ޔުނިޓުގެ ކޮމާންޑިން އޮފިސަރުގެ މަގާމެވެ.

ކިޔުންތެރިންގެ ހިޔާލު