އުކުޅަސް
އުކުޅަސް
އއ. އުކުޅަހުގައި ނުކުޅެދުންތެރިކަން ހުންނަ މީހަކު، ބައްޕައަށް ވަޅިން ހަމަލާދީފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ރޭ ބުނެފައިވަނީ، ނަފުސާނީ ނުކުޅެދުންތެރިކަން ހުންނަ އުމުރުން 26 އަހަރުގެ ފިރިހެނަކު، އުމުރުން 60 އަހަރުން މައްޗަށް ގޮސްފައިވާ ބައްޕަ އަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަލައެއް ރޭ10:30 ހާއިރު އއ. އުކުޅަހުން ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

އަދި އަނިޔާވި މީހާއަށް އެ ރަށު ހެލްތު ސެންޓަރުގައި ފަރުވާ ދެމުން އަންނަ ކަމަށް ވެސް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުނެފައިވަނީ، އެ މީހާގެ ހާލު ސީރިއަސް ނޫން ކަމަށެވެ. ނަމަވެސް އޭނާގެ ބަނޑާއި އަތް ޒަހަމް ވެފައިވާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ފުލުހުން ބުނީ، ބައްޕައަށް ހަމަލާދިން ދަރިފުޅު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް މައްސަލަ އިތުރަށް ބަލަމުންދާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު