މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނޫސްވެރިންނާ ބައްދަލުކުރެއްވުން-
މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނޫސްވެރިންނާ ބައްދަލުކުރެއްވުން-
މޯލްޑިވްސް މީޑިއާ އެންގެ ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރަމުންދާ ނޫސްވެރިންނަށް އެކިހަލަ އިންޒާރުތައް ލިބެމުންދާ މައްސަލަ ބަލަން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށްފިއެވެ.

މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ ރާއްޖޭގައި ރަޖިސްޓަރކޮށްގެން ހިންގާ ބައެއް މީޑިއާތަކާ ބައްދަލުކުރައްވައި ކަންބޮޑުވުންތައް އަޑުއަހާފައެވެ.

މި ބައްދަލުވުމުގައި ބައެއް ނޫސްވެރިން ވަނީ މި ބިލާ ގުޅޭގޮތުން ހިޔާލު ފާޅުކުރަމުންދާތީ އެ ނޫސްވެރިންނަށް އެކި ކަހަލަ އިންޒާރުތައް ލިބެމުންދާކަން ފާހަގަކޮށްފައެވެ. އެގޮތުން ބައެއް ނޫސްވެރިންނަށް މަރުގެ އިންޒާރު ލިބެމުންދާކަންވެސް ފާހަގަކޮށްފައިވެއެވެ.

އެހެންކަމުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވަނީ އެ ނޫސްވެރިންނަކީ ކޮން ބައެއްކަން ސާފު ކުރުމަށްފަހު، އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށް ކޮމިޓީގެ ފަރާތުން އެންގެވުމަށް ހުށަހަޅުއްވާފައެވެ. މި ހުށަހެޅުއްވުމަށް ކެލާ ދާއިރާގެ މެމްބަރު އަބްދުﷲ ޝަރީފް ތާއީދު ކުރެއްވިއެވެ.

އަދި ކޮމިޓީން ވަނީ ނޫސްވެރިންނަށް އެފަދަ ކަންކަން ދިމާވަމުންދާނަމަ އެކަން ކޮމިޓީއާ ލިއުމުން ހިއްސާކުރުމަށްވެސް އެދިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް