ޗައިނާގެ ޓިއާންޖިންގައި މިއަދު ބޭއްވުނު "އެސްސީއޯ ޕްލަސް" ބައްދަލުވުމުގައި ރައީސް ވާހަކަފުޅުދައްކަވަނީ-
ޗައިނާގެ ޓިއާންޖިންގައި މިއަދު ބޭއްވުނު "އެސްސީއޯ ޕްލަސް" ބައްދަލުވުމުގައި ރައީސް ވާހަކަފުޅުދައްކަވަނީ-
ފަލަސްތީނުގެ ހައްގުތަކަށް ވަކާލާތުކުރުމުގައި ބައިނަލްއަޤްވާމީ މުޖުތަމައު އެއްބައިވަންތަވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.

ރައީސް މިފަދައިން ގޮވާލައްވާފައިވަނީ ޗައިނާގެ ޓިއާންޖިންގައި މިއަދު ބޭއްވުނު "އެސްސީއޯ ޕްލަސް" ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ބައްދަލުވުން ފެށިގެން ދިޔައީ ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ)ގެ އިސްނެގުމާއެކު، ސަރަހައްދީ ސުލްހަމަސަލަސްކަމާއި، ހަމަޖެހުމާއި، ތަނަވަސްކަން ގާއިމުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވަމުން ޗައިނާގެ ރައީސް ޝީ ޖިންޕިންގ ދެއްކެވި ތައާރަފުގެ ވާހަކަފުޅުންނެވެ.

ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ދިވެހިރާއްޖެއަކީ ހަރުދަނާ އަދި ކުރިއަރާފައިވާ ގައުމެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ. އަދި ޗައިނާއާއެކު އޮތް ޒަމާންވީ އެކުވެރިކަމާއި، މޫސުމާބެހޭ ލަނޑުދަނޑިތަކާއި، "މޯލްޑިވްސް 2.0" ޑިޖިޓަލައިޒޭޝަން އެޖެންޑާއަށް ގެންނަން ޖެހޭ ބަދަލުތައްވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

މީގެއިތުރުން ރައީސް ވަނީ ގްލޯބަލް ގަވަނަންސް އިނިޝިއޭޓިވްއަށް ދިވެހިރާއްޖެއިން ތާއީދުކުރާކަން ފާހަގަކުރައްވައި، ބައިނަލްއަގްވާމީ ނިންމުންތައް ނިންމުމުގައި ކުދި ޖަޒީރާ ތަރައްގީވަމުން އަންނަ ގައުމުތަކުގެ ބައިވެރިވުން އިތުރުކުރުމަށް ގޮވާލައްވާފައެވެ.

އަދި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރައްވަމުން، ރައީސް ވަނީ ފަލަސްތީނުގެ ރައްޔިތުންނަށް ދިވެހިރާއްޖެއިން އަބަދުވެސް އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ދެއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް