މިދިޔަ މަހު ފުލުހުންގެ އިދާރާއަށް އެންމެ ގިނައިން ހުށަހަޅާފައި ވަނީ ވައްކަމުގެ މައްސަލަތައް ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފުލުހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ މަހު އެ އިދާރާއަށް ވައްކަމުގެ 304 މައްސަލައެއް ހުށަހަޅާފައި ވެއެވެ.
ދެވަނައަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ ޓްރެފިކް އެކްސިޑެންޓްގެ މައްސަލައެވެ. އެގޮތުން މި ބާވަތުގެ 236 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
ދެން އެންމެ ގިނައިން ހުށަހަޅާފައިވަނީ މަސްތުވާތަކެއްޗާ ގުޅޭ މައްސަލަތައް ކަމަށްވާއިރު، އެފަދަ 187 މައްސަލައެއް ވަނީ ހުށަހަޅާފައެވެ.
މީގެ އިތުރުން އެއްޗެހި ގެއްލިގެން 90 މައްސަލަ ހުށަހަޅާފައި ވާއިރު، އަނިޔާގެ 45 މައްސަލައާއި، މުދަލަށް ގެއްލުން ދިނުމުގެ 44 މައްސަލައާއި ފޭރުމުގެ 23 މައްސަލަ ވަނީ މިދިޔަ މަހު ހުށަހަޅާފައެވެ.
އަދި ގެވެށި އަނިޔާގެ 22 މައްސަލަ އާއި، ޚިޔާނާތުގެ 22 މައްސަލަ އާއި، ޖިންސީ ގޯނާ ކުރުމުގެ 19 މައްސަލައިގެ އިތުރުން ފޯޖް ކުރުމުގެ 11 މައްސަލަ ފާއިތުވި އޮގަސްޓު މަހު ހުށަހަޅާފައިވާކަމަށް ފުލުހުންގެ ހިދުމަތުން ހާމަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު