ފުވައްމުލަކު ސިޓީގެ އެއާޕޯޓުގެ އޮޕަރޭޝަންތައް ވީހާވެސް އަވަހަށް އަލުން ފެށުމަށްޓަކައި އައްޑޫ ސިޓީން ފަޔާ ޓްރަކެއް ގެންދިއުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް މަޖިލީހުގެ ފުވައްމުލަކު ދާއިރާގެ މެމްބަރު އިބްރާހިމް ހުސައިން ވިދާޅުވެއްޖެއެވެ.
ފުވައްމުލަކު އެއާޕޯޓުގެ އޮޕަރޭޝަންތައް ހުއްޓިފައިވަނީ އެ އެއާޕޯޓުގައި ބޭނުންކުރާ ފަޔާ ޓްރަކްގެ ހޮޅިއެއް ފަޅައިގެން ދިއުމުގެ ސަބަބުންނެވެ. މި މައްސަލަ ދިމާވިތާ 24 ގަޑިއިރު ވެފައިވާއިރު، އަދިވެސް މައްސަލަ ހައްލުކުރެވިފައެއް ނުވެއެވެ. މިކަމުގެ ސަބަބުން އެއާޕޯޓު ވަގުތީ ގޮތުން ބަންދުކުރަން ޖެހުމާ ގުޅިގެން އެ އެއާޕޯޓަށް ދަތުރުކުރާ ފްލައިޓުތަކުގެ ޝެޑިއުލަށް ވަނީ ބުރޫއަރާފައެވެ.
މިކަމަށް އިޝާރާތް ކުރައްވައި އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި މެމްބަރު އިބްރާހިމް ވިދާޅުވީ މި މައްސަލަ ވީހާވެސް އަވަހަށް ހައްލުކުރުމަށްޓަކައި އައްޑޫއިން ފަޔާ ޓްރަކެއް ގެންދިއުމުގެ މަސައްކަތް އެމްއޭސީއެލުން ކުރަމުންދާ ކަމަށެވެ.
"އަދި މި ދަތި ދަނޑިވަޅުގައިވެސް ކެތްތެރިކަމާއެކު ތިއްބެވި ކަމަށްޓަކައި ނުހަނު އިޚްލާސްތެރިކަމާއެކު ޝުކުރު އަދާކުރަން." މެމްބަރު ވިދާޅުވިއެވެ.
މެމްބަރު ވަނީ މިފަދަ ކަންކަން ކުރިއަށް އޮތްތަނުގައި ތަކުރާރުވިޔަ ނުދިނުމަށްޓަކައި ހަރުދަނާ ފިޔަވަޅުތަކެއް އަޅާކަން ޔަގީން ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު