ރައްޔިތުންގެ މަޖިލީހުގެ މެންބަރުގެ ތެރެއިން އެއަރޕޯޓް ވީއައިޕީގެ ޚިދުމަތް އެންމެ ގިނައިން ހޯއްދެވި މެންބަރުންގެ މަޢުލޫމާތު ހާމަކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުން އެކުލަވާލާފައިވާ ޤަވާއިދުގެ ދަށުން، މެންބަރުން އެއާޕޯޓުން ދަތުރުކުރަށްވާއިރު ވީއައިޕީ ލައުންޖު ބޭނުންކުރެއްވުމުން ހިނގާ ހަރަދު ދައްކަނީ ދައުލަތުންނެވެ.
އެގޮތުން މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ގާނޫނުގެ ދަށުން ހޯދުމަށްފަހު، މީސްމީޑިއާގައި މިހާރު ޢާއްމު ކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު، 28 މެއި 2024 އިން ފެށިގެން މިދިޔަ 31 ޖުލައިގެ ނިޔަލަށް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވީއައިޕީގެ ޚިދުމަތް 133 ފަހަރު ހޯއްދަވާފައިވެއެވެ. އެއީ ޖުމުލަ 116،099 ރުފިޔާއެވެ.
ހަމައެއާއެކު ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ދީދީ 97 ފަހަރު ވަނީ ޚިދުމަތް ހޯއްދަވާފައެވެ. އެއީ 84،674 ރުފިޔާގެ ޚަރަދެވެ. އަދި ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު ވަނީ 78 ފަހަރު ޚިދުމަތް ހޯއްދަވާފައެވެ. އެ ޚިދުމަތަށް ދަޢުލަތުން ޚަރަދުކޮށްފައިވަނީ 68،088 ރުފިޔާއެވެ.
އޭގެއިތުރުން މާފަންނު އުތުރު ދާއިރާގެ މެންބަރު ކާނަލް މުހައްމަދު ނާޒިމް 66 ފަހަރު ހޯއްދެވި ޚިދުމަތްތަކަށް 57،613 ރުފިޔާ ޚަރަދުވެފައިވާއިރު، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސިނާން 64 ފަހަރު ހޯއްދެވި ޚިދުމަތަށް ޚަރަދުވެފައިވަނީ 55،867 ރުފިޔާއެވެ.
ތަފާސްހިސާބު ދައްކާގޮތުން 20 މަޖިލިސް މެންބަރުންގެ ތެރެއިން 76 ބޭފުޅަކު އެއާޕޯޓުގެ ވީއައިޕީ ހިދުމަތްތައް ބޭނުން ކޮށްފައިވާއިރު އެކަމަށް މަޖިލީހުގެ އިދާރާއިން ޖުމުލަ 1.4 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.
މަޖިލީހުގެ މެންބަރުންނަށް ލިބިދޭ އިޔާޔަތްތަކުގެ ދަށުން ވީއައިޕީގެ ޚިދުމަތް ލިބެނީ މެމްބަރުންނަށާއި، މެންބަރުންނާއެކު ދަތުރު ކުރަށްވާ އާއިލާގެ މެމްބަރުންނަށެވެ.

ކިޔުންތެރިންގެ ހިޔާލު