ޕީއެންސީގެ ޕީޖީ ލީޑަރ އިބްރާހިމް ފަލާޙް
ޕީއެންސީގެ ޕީޖީ ލީޑަރ އިބްރާހިމް ފަލާޙް
އެއް އަހަރުތެރޭ ޕީއެންސީގެ ޕީޖީ ލީޑަރ އިބްރާހިމް ފަލާޙަށް 5.1 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާކަމަށް މާލީ ބަޔާނުން ހާމަވެއްޖެއެވެ.

ފަލާޙްގެ މާލީ ބަޔާން ދައްކާގޮތުން ފާއިތުވި އެއް އަހަރު ތެރޭގައި އޭނާއަށް މުސާރައިގެ ގޮތުގައި 990،000 ރުފިޔާ ވަނީ ލިބިފައެވެ. އަދި ވިޔަފާރި ނަފާގެ ގޮތުގައި 900،000 ރުފިޔާ ލިބިފައިވާއިރު، ގެދޮރު ކުއްޔަށް ދީގެން 3.2 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

ހަމައެއާއެކު ފަލާހުގެ ނަމުގައި ބީއެމްއެލް އިން މި އަހަރު 15.7 މިލިއަން ރުފިޔާގެ ލޯނެއް ދޫކޮށްފައިވެއެވެ. އެ ލޯނަށް މި އަހަރުގެ މިހާތަނަށް 496،904.17 ރުފިޔާ ވަނީ ދައްކައިފައެވެ.

ޖުމްލަ 3 ކުންފުންޏެއްގައި ފަލާޙްގެ ހިއްސާ އޮންނައިރު އޭނާގެ ނަންމަތީގައި ހަ ބޭންކު އެކައުންޓެއްގައި ޖުމްލަ 111،074 ރުފިޔާ އާއި 301 ޑޮލަރު ހުރިކަމަށް މާލީ ބަޔާނުގައިވެއެވެ.

އޭގެއިތުރުން ފަލާހުގެ މިލްކިއްޔާތުގައި އެއަރބްލޭޑަކާއި، ރ. އިންނަމާދޫގައި 3 ގޯތި އަދި މާލޭގައި 1 ގޯތި އޮތްކަމަށްވެސް މާލީ ބަޔާނުގައިވެއެވެ.

މަޖިލީހުގެ ގަވާއިދަށް 20 ވަނަ ރައްޔިތުންގެ މަޖިލީހުން ބަދަލު ގެނެސް ހަމަޖައްސާފައިވަނީ، ބަޔާން ދޭންޖެހޭނީ ކޮންމެ އަހަރެއްގެވެސް އޯގަސްޓު 31، ގެ ނިޔަލަށް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް