ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމަށް ހެޔޮއެދޭ ފަރާތްތަކުން 900،000 އަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާކަން މާލީ ބަޔާނުން ހާމަވެއްޖެއެވެ.
އަބްދުއްރަޙީމްގެ މާލީ ބަޔާނުން ދައްކާގޮތުން ފާއިތުވި އެއް އަހަރު ތެރޭގައި އޭނާއަށް މުސާރައިގެ ގޮތުގައި 658894.95 ރުފިޔާ ވަނީ ލިބިފައެވެ. އަދި ހެޔޮ އެދޭ އެކި ފަރާތްތަކުން ލިބުނު ފައިސާ އާއި ވަސީލަތްތައް އަދި މުދަލުގެ ގޮތުގައި 958،982.48 ރުފިޔާ ލިބިފައިވެއެވެ.
އަބްދުއްރަހީމްގެ މާލީ ބަޔާނުގައިވާ ގޮތުން މިދިޔަ ޖުލައި މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް އަބްދުއްރަޙީމްގެ ބީއެމްއެލްގެ ސޭވިންގް އެކައުންޓުގައި 101،698.21 ރުފިޔާ ހުއްޓެވެ.
ހަމައެއާއެކު އޭނާގެ މިލްކިއްޔާތުގައި 4.5 މިލިއަން ރުފިޔާގެ ރެހެންދި ފްލެޓު ތިން ކޮޓަރީގެ އެޕާޓުމެންޓަކާއި، ލ. ފޮނަދޫގައި ޢިމާރާތް ކޮށްފައިވާ 5 މިލިއަން ރުފިޔާގެ އަރާއިރު ގޯތި އެބަހުއްޓެވެ.
އޭގެއިތުރުން 67،000 ރުފިޔާގެ ސައިކަލަކާއި، 3.5 މިލިއަން ރުފިޔާގެ އަރަފާ ބޯޓަކީވެސް އަބްދުއްރަޙީމްގެ މުދަލުގެ ގޮތުގައި ރިކޯޑް ކޮށްފައިވެއެވެ.
މަޖިލީހުގެ ގަވާއިދަށް 20 ވަނަ ރައްޔިތުންގެ މަޖިލީހުން ބަދަލު ގެނެސް ހަމަޖައްސާފައިވަނީ، ބަޔާން ދޭންޖެހޭނީ ކޮންމެ އަހަރެއްގެވެސް އޯގަސްޓު 31، ގެ ނިޔަލަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު