މީޑިއާގެ މިނިވަންކަން ހަނިކުރުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް އިސްލާހެއް ގެންނާނެ ކަމަށް ގަބޫލެއް ނުކުރެއްވޭ ކަމަށް މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެމްބަރު އަމީން ފައިސަލް ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ މީޑިއާ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ މީޑިއާ ރެގިއުލޭޓަރީ ބިލު މީގެ ކުރިންވެސް މަޖިލީހަށް ހުށަހެޅި ކަމަށާއި، އޭރު ބިލު ބޭރުކޮށްލާފައިވަނީ ނޫސްވެރިންނާއި އެކި ފަރާތްތަކުން ކުރިމަތިވި ޕްރެޝަރުގެ ސަބަބުން ކަމަށެވެ.
މި ބިލު އެންމެ ބޮޑަށް ރައްދުވަނީ މީޑިއާތަކަށް ކަމަށްވީއިރު، މީޑިއާތަކުގެ އެއްވެސް މަޝްވަރާއެއް ނެތި ފަހުން އަނެއްކާވެސް ބިލު ހުށަހެޅުމުން މި ބިލު ހުށަހެޅި މަޤްސަދާމެދު ސުވާލު އުފެދިފައިވާ ކަމަށް އަމީން ވިދާޅުވިއެވެ.
އަމީން ވިދާޅުވީ ބަންޑާރަނައިބު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައިވެސް މި ބިލު ބޭރުކޮށްލައްވާނެ ކަމަށް ވިދާޅުވެފައި ނުވާ ކަމަށާއި، މަޖިލީހުގައި ޕީއެންސީ މެމްބަރުންވެސް ވަކާލާތު ކުރެއްވީ ބިލާ އެއްކޮޅަށްކަމަށެވެ. އެހެންކަމުން މިއީ ސަރުކާރުގެ ބައިވެރިވުމެއް ނެތި ކުރިއަށްދާ ބިލެއްކަން ޤަބޫލުކުރަން ނުހަނު ދަތި ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ލާމަރުކަޒީ ޤާނޫނުގެ ކަންކަންވެސް ދިޔައީ ހަމަ އެ އުސޫލުން ކަމަށާއި، މީޑިއާ ބިލުގެވެސް ހަގީގީ ބޭނުމަކީ ނޫސްވެރިކަމުގެ މިނިވަންކަމުގައި ތަޅު އެޅުވުންކަމަށެވެ.
މީގެ އިތުރުން އަމީން ވިދާޅުވީ ބިލާމެދު މަޝްވަރާގެ އުސޫލު އިސް ކުރުމަށް ޕީއެންސީގެ މެމްބަރުން ބޭނުންނުވާކަމަށާއި މި ބިލުގެ ކަންކަން މަޖިލީހުގައި ކުރިއަށްދަނީ ނުހަނު ރޭވިގެންކަން ފާހަގަ ކުރެއްވޭ ކަމަށެވެ. އެހެންކަމުން މި ބިލަށް އިސްލާޙެއް ގެންނާނެކަމަށް ޤަބޫލު ނުކުރެއްވޭކަމަށް އަމީން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު