ސަރުކާރުން އަތޮޅުތައް އުވާލަން ނޫޅޭކަމަށް ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ސީނިއާ ޑެޕިއުޓީ ލީޑަރު އިބްރާހިމް ޝުޖާއު (ޝުޖާ)، ވިދާޅުވެއްޖެއެވެ.
ޝުޖާ މިހެން ވިދާޅުވީ، އަތޮޅަކީ އިދާރީ ބައިކުރުމެެއް އެކަނި ނޫން ކަމަށާއި އަތޮޅަކީ ރާއްޖޭގެ ޖިއޮގްރަފީ ބައިކުރުމެެއް ކަމަށާއި އަތޮޅު ދުންޏަކީ ރާއްޖޭ އުފެދުމުގައި އޮތް ގުރޫޕެެއް ކަމަށް ވިދާޅުވެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ކުރެއްވި ޕޯސްޓަކަށް ރައްދު ދެއްވަމުންނެވެެ. ވައްޑެ އެގޮތަށް ވިދާޅުވީ އަތޮޅު ކައުންސިލްތައް އުވާލަން ސަރުކާރުން ނިންމުމާއި ގުޅިގެންނެވެ.
އެކްސްގައި ކުރެއްވި ޕޯސްޓުގައި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާޢު ވަނީ އަތޮޅުތައް އުވާލަން އުޅެނީ ކޮންބައެއްތޯ ސުވާލު ކުރައްވާފައެވެ. އަދި އަތޮޅުތައް އުވާލުމަކީ މި ސަރުކާރުން ކުރަން އުޅޭ ކަމެއް ނޫން ކަމަށް ޝުޖާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ލާމަރުކަޒީ ނިޒާމަށް ސަރުކާރުން ގެންނަން މަސައްކަތްކުރާ ބަދަލުތަކަކީ ރައްޔިތުން ތާއީދު ކުރާނެ ހެޔޮ ބަދަލުތަކެއް ކަމަށެވެ. އަދި މި ބަދަލުތަކާ ގުޅޭގޮތުން ރައްޔިތުންނަށް ހިޔާލު ދެވޭނެ ކަމަށްވެސް ޝުޖާ ވިދާޅުވިއެވެ.
މީގެ އިތުރުން ޝުޖާ ވަނީ ލާމަރުކަޒީ ނިޒާމާ ބީރައްޓެހީ ކޮން ބައެއްތޯ ސުވާލު ކުރަށްވައި މި މަޢުޟޫގައި ސިޔާސީ ވާހަކަ ނުދެއްކުމަށް އިލްތިމާސްކުރައްވާފައެވެ.
"އަޅުގަނޑުމެން ދެބައި މީހުން ކުރި ތަޖުރިބާގެ އަލީގައި ރައްޔިތުން ބޭނުންވާ ނުވަތަ އެދޭގޮތަށް ބަދަލު ގެންނަމާ ބަހީ!" ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލައްވައި ޝުޖާ ވިދާޅުވިއެވެ.
ޝުޖާ މިހެން ވިދާޅުވެފައިވާއިރު އަތޮޅު ކައުންސިލަކީ ބޭކާރު ތަނެއް ކަމަށް ވިދާޅުވެ އަންނަ ލޯކަލް ކައުންސިލް އިންތިހާބުން ފެށިގެން އަތޮަޅު ކައުންސިލް އުވާލަން ނިންމާފައިވާކަން ރައީސް މުޢިއްޒު މީގެ ކުރިން ވަނީ އިއުލާން ކުރަށްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު