ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރުންގެ ތެރެއިން 173 މެންބަރެއްގެ ހެލްތު އިންޝުއަރެންސަށް ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި ޖުމްލަ 18.9 މިލިޔަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިކަން ހާމަވެފައިވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން މީހަކު ހޯދި ތަފާސްހިސާބުތަކުންނެވެ.
އެގޮތުން އެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މަޖިލީހުގެ ކުރީގެ މެންބަރުންގެ ތެރެއިން މިހާރު 2014 ވަނަ އަހަރާއި 2025 ވަނަ އަހަރާ ދެމެދު ނިޔާވި ބައެއް މެންބަރުން ވެސް ހިމެނޭ ގޮތުން 173 މެންބަރަކަށް ޖުމްލަ 18،907،000.00 ރުފިޔާ ވަނީ ދައުލަތުގެ ބަޖެޓުން ހޭދަކޮށްފައެވެ. މިއީ ދެ ރޭޓެއްގައި ހެލްތު އިންޝުއަރެންސަށް ދައުލަތުން ދެއްކި ފައިސާއެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު 2017 ވަނަ އަހަރާ ހަމައަށް ހެލްތު އިންޝުއަރެންސަށް ފައިސާ ދައްކަން މެންބަރަކަށް އަހަރަކު ހަރަދުކޮށްފައިވަނީ 12،500ރ. އެވެ.
އޭގެ ފަހުން އަހަރަކު 24،000.ރ ގެ ރޭޓުން ހެލްތު އިންޝުއަރެންސަށް ހަރަދުކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
މީގެ ތެރޭގައި މިހާރު ތިއްބެވި މަޖިލިސް މެމްބަރުންގެ ހެލްތު އިންޝުއަރެންސަށް ހަރަދުކުރާ ފައިސާއެއް ނުހިމެނެއެވެ.
ކުރީގެ މެންބަރުންގެ ހައިސިއްޔަތުން ދައުލަތުން ހެލްތު އިންޝުއަރެންސް ދިން ނަމަވެސް، ދައުލަތުގެ އެހެން މަގާމެއް އަދާކުރާ މުއްދަތުގައި ހެލްތު އިންޝުއަރެންސަށް ހަރަދު ކުރާނީ އެ މަގާމަކަށް ހަމަޖައްސާފައިވާ ހެލްތު އިންޝުއަރެންސް ނިޒާމުގެ ތެރެއިންނެވެ.

ކިޔުންތެރިންގެ ހިޔާލު