ކ-ވ: އެމްޑީޕީގެ ކުރީގެ ތަރުޖަމާނު އަނަސް އަބުދުއްސައްތާރު އަދި ރައީސް އޮފީހުގެ މިނިސްޓަރު ޢަލީ އާރިފް
ކ-ވ: އެމްޑީޕީގެ ކުރީގެ ތަރުޖަމާނު އަނަސް އަބުދުއްސައްތާރު އަދި ރައީސް އޮފީހުގެ މިނިސްޓަރު ޢަލީ އާރިފް
މި ސަރުކާރުގައި ހަމައެކަނި ދިމާވީ ގަރުދިޔައާއި ބަތާ ކައްކައިގެން ތަންކޮޅެއް އާދައިގެ ދިރިއުޅުމަކަށް ރައްޔިތުން ތިރިވެލަން ގޮވާލާ ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފް ޖެެއްސެވި ހިސާބު ކަމަށް އެމްޑީޕީގެ ކުރީގެ ތަރުޖަމާނު އަނަސް އަބުދުއްސައްތާރު ވިދާޅުވެއްޖެއެވެ.

ވެރިކަންކުރާ މައި ޕާޓީ، ޕީއެންސީން މާލޭގައި ބޭއްވި ޖަގަހަ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ރައީސް އޮފީހުގެ މިނިސްޓަރު އާރިފް މީގެ ކުރިން ވިދާޅުވެފައިވަނީ މިއީ ދަތި ދުވަސްކޮޅެއް ކަމަށެވެ. އޭނާ ވިދާޅުވީ، މި ދުވަސްކޮޅު ބޭރުން ކާ އެއްޗެހި ގެނައުމުގެ ބަދަލުގައި ގޭގައި ގަރުދިޔައާއި ބަތާ ކައްކައިގެން ތަންކޮޅެއް އާދައިގެ ދިރިއުޅުމަކަށް ރައްޔިތުން ތިރިވެލަން ޖެހޭ ކަމަށެވެ.

އެކަމަށް އިޝާރަތް ކުރަށްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެމްޑީޕީގެ ކުރީގެ ތަރުޖަމާނު އަނަސް އަބުދުއްސައްތާރު ވިދާޅުވީ މި ސަރުކާރުން ޖެހި ހިސާބުތަކުގެ ތެރެއިން ދިމާވީ އެންމެ ބޭފުޅަކު ޖެއްސެވި ހިސާބު ކަމަށެވެ. އެއީ ރައީސް އޮފީހުގެ މިނިސްޓަރު އާރިފް ޖެއްސެވި ހިސާބު ކަމަށާއި މި ދުވަސްވަރަކީ އެއީ ކަމަށް އަނަސް ވިދާާޅުވިއެވެ.

މީގެ އަހަރެއްހާ ދުވަސްކުރިން ޕީއެންސީން މާލޭގައި ބޭއްވި ޖަގަހަ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފް ވިދާޅުވީ، ރާއްޖޭގެ ކުރިމަގު ފެންނަނީ ވަރަށް ފާގަތިކޮށް ކަމަށެވެ.

"މި ދުވަސްކޮޅު މި ޖެހެނީ އަޅުގަނޑުމެން އަބަދު ޓޭކްއެވޭ ހަދައިގެން ގޭގައި ކޭ ކެއުން ހުއްޓާލައިފައި، ކޮންމެ ވެސް ވަރަކަށް ގޭ ތެރޭގައި އަމިއްލައަށް ކައްކައިގެން ގަރުދިޔައާއި ބަތާ ކައްކައިގެން ކާލައިގެން ތަންކޮޅެއް އާދައިގެ ދިރިއުޅުމަކަށް ތިރިވެލަން،" އާރިފް ވިދާޅުވިއެވެ.

މާލީ ގޮންޖެހުންތައް ބޮޑުވެ، ސިޔާސީ ބައެއް މަގާމުތައް މަދުކޮށް އިސްލާހީ ފިޔަވަޅުތައް އަޅަން ނިންމިކަން އިއުލާންކުރުމަށްފަހު ސަރުކާރުން ކުރާ ބޭކާރު ޚަރަދުތައް މަދުނުކޮށް ރައްޔިތުން އާދައިގެ ދިރިއުޅުމަށް ތިރިވެލަން މިނިސްޓަރު އާރިފް ގޮވާލެއްވުމުން އޭރު ގިނަ ބަޔެއްގެ ފާޑުކިޔުން ސަރުކާރާއި މިިނިސްޓަރ އާރިފަށް އަމާޒުވެގެން ދިޔަކަން ފާހަގަކުރެވެއެވެ.



ކިޔުންތެރިންގެ ހިޔާލު