އޭނާގެ މާލީ ބަޔާނުގައި ވިޔަފާރި ކުންފުންޏެއްގެ ވާހަކަ ނެތީ މެޖޯރިޓީ ހިއްސާ އޮތް އެއްވެސް ކުންފުންޏެއް ނެތުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ރޭ ވިދާޅުވެއްޖެއެވެ.
އައްބާސް މިހެން ވިދާޅުވީ މަޖިލީހަށް ހުށަހެޅުއްވި މާލީ ބަޔާނުގައި އޭނާ ހިއްސާވާ ވިޔަފާރި ކުންފުނިތަކުގެ މައުލޫމާތު ހިމަނާފައިވާނުވާތީ ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން އެކަމާ މެދު ސުވާލު އުފައްދަމުން ގެންދާތީއެވެ.
އެކަމާ ގުޅިގެން އައްބާސް ވިދާޅުވީ އޭނާ ތިން ކުންފުންޏެއްގައި ހިއްސާވާ ކަމަށާއި، އެ ކުންފުނިތަކުގެ މައުލޫމާތު މާލީ ރިޕޯޓުގައި ހިމަނާފައި ނުވަނީ އެހެން ހިއްސާދާރުންގެ މަސްލަހަތު އޮތުމުން ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އަންގާ ގޮތެއްގެ މަތިން، އަދި ހިއްސާވާ ވިޔަފާރި ކުންފުނިތަކުގެ ދެން ތިބި ހިއްސާދާރުން އިއުތިރާޒް ނުކުރާ ނަމަ، އެ މައުލޫމާތު ވެސް މާލީ ބަޔާނުގައި ހިމެނުމަށް ޖެހިލުމެއް ނުވާނެ ކަމަށް އައްބާސް ވިދާޅުވިއެވެ.
"މާތް ﷲ ތަނަވަސް ރަހުމަތާއެކު އަޅުގަނޑަކީ ނަފުސުގެ ނަޖިސްކަމުން ސަލާމަތުން ހުރި ރިޝްވަތުގެ ހުތުރު ފައިސާއިން އެއްކިބާގައިވާ މީހެއް" އައްބާސް ވިދާޅުވިއެވެ.
މީގެ އިތުރުން ހުޅުމާލޭގައި އޭނާގެ ނަމުގައި ބިމެއް އޮތް ކަމަށް މީޑިޔާ އަކުން ރިޕޯޓް ކޮށްފައިވާތީ އައްބާސް ވަނީ އެކަން ދޮގުކުރަށްވާފައެވެ. އައްބާސް ވިދާޅުވި ގޮތުގައި، ގާތްގަނޑަކަށް ދިހަ މަސް ކުރިން އެޗްޑީސީން އިއުލާން ކުރި ހުޅުމާލޭގެ 8 ބިމުގެ ތެރެއިން އެއްބިމަށް 'ސާއްބަ ކޮންސްޓްރަކްޝަން' އިން ބިޑުކޮށް އެބިޑު ކާމިޔާބު ކުރިކަށެވެ. އެބިމަށް ފައިސާ ދެއްކީ 'ސާއްބަ ޓްރެވަލްސް' ގެ އިސްލާމިކް ބޭންކް އެކައުންޓުގައި ހުރި ފައިސާއިން ކަމަށްވެސް އައްބާސް ވިދާޅުވިއެވެ.
"އެއީ އަޅުގަނޑަށް އެކްސަސް ނުވެވޭ ގޮތަށް އިން އެކައުންޓެއް ނަމަވެސް، 100% ޔަގީންކަމާއެކު ދަންނަވަން އިނގޭ އެއްވެސް ސިޔާސީ ފަރާތަކުން ނުވަތަ އެނޫންވެސް އަމިއްލަ ފަރާތަކުން ނުވަތަ ހެޔޮއެދޭ ފަރާތަކުން ސާއްބަ ޓްރެވަލްސްގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައި ނުވާނެ،" އައްބާސް ވިދާޅުވިއެވެ.
އައްބާސް އިތުރަށް ވިދާޅުވީ، ބިން 'ސާއްބަ ޓްރެވަލްސް' ގެ ނަމަށް ބަދަލު ކުރީ އެޗްޑީސީގައި ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ކަމަށެވެ. އެބިމަށް ފައިސާ ދެއްކީ 'ސާއްބަ ޓްރެވަލްސް' ކަމަށްވާތީ 'ސާއްބަ ކޮންސްޓްރަކްޝަން' ގެ ފަރާތުން އެގޮތަށް ބަދަލު ކުރުމަށް އެދިފައިވާތީ ކަމަށްވެސް އައްބާސް ވިދާޅުވިއެވެ. މިކަމާ ގުޅޭ ހުރިހާ ތަފްސީލެއް އެޗްޑީސީގެ ލިޔެކިއުންތަކުން ފެންނަން ހުންނާނެ ކަމަށް އައްބާސް ވިދާޅުވިއެވެ.
އަދި އޭނާގެ ނަމުގައި ހުރި އެއްވެސް މުދަލެއް ވިއްކާފައި ނުވާނެ ކަމުގެ ޔަޤީންކަން އައްބާސް ދެއްވިއެވެ. ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިންނާއި މޯލްޑިވްސް އިސްލާމިކް ބޭންކުން (އެމްއައިބީ) އޭނާގެ ނަމުގައި ނަގާފައިވާ ލޯނުތަކުން، އޭނާ ނިސްބަތްވާ ޅޮހި، ފޮއްދޫ، ވެލިދޫ ދާއިރާގެ ރަށްތަކުގެ ރައްޔިތުން އެދޭ ތަރައްޤީގެ ކަންކަމަށް އަދި ބޭސްފަރުވާއަށް ހަރަދުކުރެވިފައި ވާނެ ކަމަށް އަބްބާސް ވިދާޅުވިއެވެ. އަދި މި ބޭންކް ލޯނުތައް ދައްކަމުން ދަނީ އޭނާ އަށް ލިބިވަޑައިގަންނަވާ މުސާރައިންކަން އެކައުންޓް ބެލުމުން ހާމަވާނެ ކަމަށްވެސް ވިދާޅުވިއެވެ.
އައްބާސް ވިދާޅުވި ގޮތުގައި ސިއްރުކުރަންޖެހޭ އަދި ފޮރުވަންޖެހޭ އެއްވެސް ކަމެއް ނެތެވެ. ރިޝްވަތުގެ ހުތުރު ފައިސާގައި ދުވަހަކުވެސް ނުޖެހޭނެ ކަމަށާއި، ދައްކާ ބިރަކަށް ފަހަތަށް ނުޖެހި، ހައްޤު ބަސް ބުނުމުގައި ސާބިތުވެ ހުންނާނެ ކަމަށް އައްބާސް ވިދާޅުވިއެވެ. އަދި ހަލާލު ނޫން އެއްޗެއް މައިންބަފައިން، އަނބިދަރީންނާއި އާއިލާގެ މެންބަރުން ކައިބޮއި ނުހަދާނެ ކަމަށް އައްބާސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު