ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާންތަކުގައި އޮޅުވާލައިގެން ހިސާބުތައް ހައްދާފައި ހުރެއްޖެނަމަ، އެފަދަ ބަޔާންތައް އޮޑިޓްކޮށް، ރައްޔިތުންނަށް ހާމަކުރުމަށް ޓެންޑަރ ބޯޑުގެ ކުރީގެ ޗެއަރމަން އިސްމާއިލް ޒަރިޔަންދު ގޮވާލައްވައިފިއެވެ.
ޒަރިޔަންދު މިކަމަށް ގޮވާލެއްވީ, މަޖިލީހުގެ ބައެއް މެމްބަރުންގެ މާލީ ބަޔާނުގައި ހިސާބު ދިމާނުވުމާއި އޮޅުވާލުން ހުރިކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެން ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެެ.
އިސްމާއިލް ޒަރިޔަންދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އާންމު ކުރާ މާލީ ބަޔާނާއި ގުޅިގެން ރައްޔިތުންނަށް ހަޤީޤީ މައުލޫމާތު އެނގުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. ޒަރިޔަންދު ވިދާޅުވީ، އައްޑު އަތޮޅު ހުޅުދޫ ދާއިރާގެ މެންބަރެއްގެ މާލީ ބަޔާނުގައި ދަރަނި އަދާކުރި ގޮތުގެ ހުރިހާ މައުލޫމާތެއް ހިމަނާފައި ނެތްކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެފަދަ ކަންކަން ހުރެގެން ނުވާނެ ކަމަށް ފާހަގަކުރަށްވައި ޒަރިޔަންދު އިތުރަށް ވިދާޅުވީ، މަޢުލޫމާތުތައް އޮޅުވާލައިގެން ހިސާބު ހަދާފައިވާ މެންބަރުންގެ މާލީ ބަޔާންތައް ސާފުކޮށް، ޞަރީޙަކޮށް ރައްޔިތުންނަށް ހާމަކުރުމަކީ އޮޑިޓަރ ޖެނެރަލްގެ ޒިންމާއެއް ކަމަށެވެ.
މީގެ އިތުރުން ޒަރިޔަންދު ވިދާޅުވިގޮތުގައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާންތަކުގެ މަޢުލޫމާތު ރައްޔިތުންނަށް ހާމަކުރުމަކީ ޤާނޫނުއަސާސީގެ 76 ވަނަ މާއްދާގެ ދަށުން ލާޒިމުކޮށްފައިވާ ކަމެކެވެ. އަދި އެނގިވަޑައިގެންނެވި ނަމަވެސް ނުވަތަ އެނގިވަޑައިނުގަތް ނަމަވެސް، އޮޅުވާލައިގެން ހިސާބުތައް ހައްދާފައި އޮތް ކަމަށް ވެއްޖެނަމަ، އާންމު އޮޑިޓް ރިޕޯޓުތައް ފަދައިން މި ހުރިހާ މެންބަރުންގެ މާލީ ބަޔާންތައް އޮޑިޓްކޮށް، ފާހަގަކުރެވޭ ފަރާތްތަކުގެ މަޢުލޫމާތު ހާމަކުރުމަށް ޒަރިޔަންދު ގޮވާލެއްވިއެވެ. މެންބަރުންގެ މިފަދަ ކަންތައްތައް ރައްޔިތުންނަށް އެނގިފައި އޮތުމަކީ ރައްޔިތުންގެ އިތުބާރު ހިފެހެއްޓުމަށް ވަރަށް މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައިވާ ގޮތުން، މާލީ ބަޔާން ތައްޔާރުކުރަންވާނީ ހިނގަމުން އަންނަ އަހަރުގެ މޭ މަހުގެ 28ވަނަ ދުވަހުން ފެށިގެން ވިދިގެން އަންނަ އަހަރުގެ މޭ މަހުގެ 27 އަށެވެ. މާލީ ބަޔާން ހުށަހަޅަންޖެހޭނެ ކަމަށް ގަވައިދުގައި ބުނެފައި އޮތީ އޮގަސްޓް މަހުގެ 31ވަނަ ދުވަހުގެ ކުރިން އަމީން އާންމަށެވެ.
އެހެން ނަމަވެސް މި ހިނގާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 93 މެންބަރުންގެ ތެރެއިން މާލީ ބަޔާން ހުށަނާޅުއްވާ 5 މެމްބަރުން އެބަތިއްބެވެ. މަޖިލީހުގެ އިދާރާ އިން މިހާރު ވަނީ އެ 5 މެމްބަރުންނަށް މާލީ ބަޔާން ހުށައެޅުމަށް 15 ދުވަހުގެ މުއްދަތެއް ދީފައެވެ.
މަޖިލީހުން މިހާތަނަށް އާންމުކުރި މެމްބަރުންގެ މާލީ ބަޔާނަށް ބަލާއިރު ބައެއް މެމްބަރުންނަށް ހެޔޮ އެދޭ ފަރާތްތަކުން ހަދިޔާގެ ގޮތުގައި އެތަށް ލައްކަ ރުފިޔާ އާއި ފުލެޓް ވެސް ލިބިފައި ހުރިކަން ފާހަގަކުރެވެއެެވެ. އަދި ބައެއް މެމްބަރުންގެ އެކައުންޓްތަކުގައި 500 ރުފިޔާ ވެސް ނެތްއިރު އެކައުންޓް މައިނަސްގައި ތިބި މެމްބަރުން ވެސް އެބަތިއްބެވެ.

ކިޔުންތެރިންގެ ހިޔާލު