ކުރިއަށް އޮތް 20 އަހަރު ދުވަހުގެ ގައުމީ ތަރައްގީގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތްކުރާ ޓީމުން، އާންމުންގެ ޚިޔާލު ހޯދުމަށް މާދަމާ ދަތުރު ފަށަން ނިންމައިފިއެވެ.
ޕްލޭނިން މިނިސްޓްރީން ބުނީ، "ވިލުންތެރި ރާއްޖެ 2045"ގެ ނަމުގައި އެކުލަވާލާ ގައުމީ ތަރައްގީގެ ޕްލޭނަށް ޚިޔާލު ހޯދުމަށްޓަކައި، ގައުމީ ތަރައްގީގެ ޕްލޭން އެކުލަވާލާ ޓީމުން މާދަމާ ކ. ގުރައިދުއަށް ގޮސް، އެ ރަށު ކައުންސިލާއި ރައްޔިތުންނާ ބައްދަލުކޮށް ރާއްޖޭގެ ކުރިމަގާއި ތަރައްގީއާއި ތަސައްވުރާ ގުޅޭ ގޮތުން ޚިޔާލު ހޯދަން ނިންމާފައިވާ ކަމަށެވެ. މި ދަތުރުގައި އެ ޓީމުން މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކުރާނެ ކަމަށާއި، އެގޮތުން ރަށްރަށަށް ގޮސް ބާއްވާ ބައްދަލުވުންތަކުގައި ބައިވެރިވެ މަޝްވަރާކޮށް ޚިޔާލު ހުށަހެޅުމަށް ލޯކަލް ކައުންސިލްތަކާއި ރަށްރަށުގައި ގާއިމްކޮށްފައި ހުރި މުއައްސަސާތަކާއި އާންމު ޖަމިއްޔާ ޖަމާއަތްތަކާއި ވިޔަފާރިތަކާއި އާންމުންނަށް ފުރުސަތު އޮންނާނެ ކަމަށް، އެ މިނިސްޓްރީން މައުލޫމާތުދެއެވެ.
ޤައުމީ ތަރައްޤީގެ ޕްލޭން އެކުލަވާލުމުގެ މުހިންމު މަސައްކަތް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުން ވަނީ ދިވެހި ކޮންސަލްޓަންސީ ކުންފުންޏެއް ކަމުގައިވާ ނެކްސިއާ މޯލްޑިވްސްއާ ހަވާލުކޮށްފައެވެ.
ޤައުމީ ތަރައްޤީގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ ސެޕްޓެންބަރު މަހުގެ 17 ވަނަ ދުވަހުއެވެ.
މި ޕްލޭން އިފްތިތާޙުކުރައްވަމުން ރައީސް މުޢިއްޒު ވިދާޅުވީ މި ޕްލޭން އެކުލަވާލުމަކީ އިސްކަންދޭންޖެހޭ އަދި ވަރަށް މުހިންމު މަސައްކަތެއް ކަމުގައެވެ. އެހެންކަމުން، މި މަސައްކަތުގައި ހުރިހާ ސިޔާސީ ފިކުރުތަކެއްގެ، ރާއްޖޭގެ އެންމެހާ ރަށްރަށުގެ، އަދި އެންމެހާ ފަރުދުންގެ ބައިވެރިވުން ހޯއްދެވުމަށް އެ މަނިކުފާނު ގޮވާލެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު