ރާއްޖޭގެ ކައުންސިލްތަކަށް ސަރުކާރުން ދެއްވާ ޢާންމު ހިލޭ އެހީގެ ފައިސާ (ބްލޮކް ގްރާންޓް) ދިނުމަށް މިހާރު ބޭނުންކުރާ ފިސްކަލް ފޯރމިއުލާއަށް ބޮޑު ބަދަލެއް ގެނައުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
މި ބަދަލާއެކު، އާބާދީ ކުޑަ ނަމަވެސް ބިމުގެ ގޮތުން ތަނަވަސް ރަށްތަކަށް ކުރިމަތިވާ މާލީ ދަތިކަން ހައްލުވެ، ރަށުގެ ބޮޑުމިނަށް ރިއާޔަތްކުރެވޭނެ އުޞޫލެއް ތައާރަފުކުރުމަށް ވަނީ ނިންމަވާފައެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ބަދަލު 2026 ވަނަ އަހަރުގެ ބަޖެޓާއެކު ހުށަހެޅޭނެ ކަމަށެވެ.
ރައީސް މުޢިއްޒު ވިދާޅުވީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 79 ވަނަ މާއްދާ ގެ ދަށުން ކައުންސިލްތަކަށް ދޭ ބްލޮކް ގްރާންޓު ފޯރުކޮށްދިނުމަށް ކަނޑައަޅާފައިވާ ފިސްކަލް ފޯރމިއުލާ މިހާރު އޮތް ގޮތުން، މައިގަނޑު ގޮތެއްގައި އާބާދީއަށް ބުރަދަން ދިނުމުގެ ސަބަބުން، އާބާދީ ކުޑަ ރަށްތަކުގެ ކައުންސިލްތަކަށް ލިބޭ ފައިސާގެ މިންވަރު މަދުވާ ކަމަށެވެ. ނަމަވެސް، މިފަދަ ބައެއް ރަށްތަކަކީ އާބާދީ ކުޑަ ނަމަވެސް ބިމުގެ ގޮތުން ބޮޑެތި ރަށްރަށަށް ވެފައި، މަގުތަކާއި، މުނިސިޕަލް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ރަށްރަށް ކަން ރައީސް ފާހަަގަކުރެއްވިއެވެ. މިކަމުގެ ސަބަބުން، އެ ކައުންސިލްތަކަށް ޒަރޫރީ ޚިދުމަތްތައް ދިނުމާއި، ރަށު ތަރައްޤީގެ މަސައްކަތްތައް ހިންގުމުގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މިހާރު އޮތް ފޯރމިއުލާއިން ބައެއް ކައުންސިލްތަކަށް ގެއްލުން ލިބޭކަން ފާހަގަކުރައްވައި، ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ފިސްކަލް ފޯރމިއުލާ މުރާޖާކުރުމުގައި ރަށުގެ ބޮޑުމިނަށް ރިއާޔަތްކުރެވޭނެ ގޮތަކަށް ބަދަލު ގެނައުމަށް ނިންމަވާފައިވާ ކަމަށެވެ. މި ނިންމެވުމުގެ ދަށުން، 2026 ވަނަ އަހަރުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާއިރު، މި ބަދަލާ އެކު ފޯރމިއުލާގެ ކަންކަން ހިމަނައިގެން ހުށަހެޅުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު