ކ-ވ: ރައީސް މުޢިއްޒު އަދި  މިނިސްޓަރު އާދަމް ޝަރީފް ޖަލްސާއެއްގައި ބައިވެރިވެވަޑައިގަންނަވަނީ
ކ-ވ: ރައީސް މުޢިއްޒު އަދި މިނިސްޓަރު އާދަމް ޝަރީފް ޖަލްސާއެއްގައި ބައިވެރިވެވަޑައިގަންނަވަނީ
ކައުންސިލްތަކުގެ ހުށަހެޅުންތަކަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު އަމަލީ ސިފަ ގެނެސްދެއްވާކަމަށް ސިޓީސް އެންޑް ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު، ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ރައީސް މުޢިއްޒު ރަށްރަށަށް ކުރައްވާ ޒިޔާރަތްތަކުގައި ކައުންސިލްތަކުން ހުށައަޅާ ކަންކަމަށް އަމަލީ ސިފަ ގެނެސްދެއްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން ރަށުގެ ބޮޑުމިނަށް ބަލައިގެން ކައުންސިލްތަކުގެ ބަޖެޓު ކަނޑައަޅާ ގޮތަށް ހެދުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަށްރަށަށް ކުރައްވާ ޒިޔާރަތުގައި ކައުންސިލްތަކުން ހުށަހަޅުއްވާ ކަންކަމަށް އަމަލީ ސިފަ ގެނެސްދެއްވާކަމުގެ ހެތްކެއްކަން މިނިސްޓަރު އާދަމް ޝަރީފް ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ ލާމަރުކަޒީ ނިޒާމު ހަރުދަނާވެ، ކައުންސިލްތަކުން ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް އިތުރު ކުރެވޭނީ މާލީގޮތުން ކައުންސިލްތައް ބާރުވެރިވެ، ދެމެހެއްޓެނިވި ގޮތުގައި އާމްދަނީ އިތުރު ކުރެވޭނެ ވިސްނުންތަކެއް އުފަން ކުރެވި ރައްޔިތުން ބޭނުންވާ ޚިދުމަތްތައް ދެވޭނެ ހަކަތަ ކައުންސިލްތަކުގައި ހުރެގެން ކަމަށެވެ.

އެކްސްގައި ރޭ ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ، މިހާރު އުސޫލުގައި އޮންނަ ގޮތުން އާބާދީ ކުޑަ ރަށްރަށުގެ ކައުންސިލުތަކަށް ބްލޮކް ގްރާންޓް ލިބޭ މިންވަރު މަދު ކަމަށެވެ. އެކަމަކު އާބާދީ ކުޑަ، ބިން ބޮޑު ރަށްތައް ހުންނައިރު، އެފަދަ ރަށްރަށުގައި ކުރަންޖެހޭ މުނިސިޕަލް މަސައްކަތްތައް މަދުނޫންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވިގޮތުގައި ބްލޮކް ގްރާންޓް ދޭ ގޮތުގެ ފިސްކަލް ފޯމިއުލާ އޮތް ގޮތުން އެފަދަ ކައުންސިލްތަކަށް ގެއްލުންވެއެވެ.

"އެހެންކަމުން، ބްލޮކް ގްރާންޓްގެ ފިސްކަލް ފޯމިއުލާ މިހާރު ކަނޑައަޅުއްވާފައިވާ ގޮތުން، އެ ކައުންސިލްތަކަށް ގެއްލުން ވާތީ ފިސްކަލް ފޯމިއުލާ މުރާޖާކުރުމުގައި ރަށުގެ ބޮޑުމިނަށް ރިއާޔަތްކުރެވޭ ގޮތަށް ބަދަލުކޮށް، 2026 ވަނަ އަހަރުގެ ބަޖެޓު ހުށަހަޅާއިރު މި ބަދަލާ އެކު ހުށަހެޅުމަށް ވާނީ ނިންމާފައި." ރައީސް މުުޢިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން އަންނަ އަހަރުން ފެށިގެން ކައުންސިލްގެ ބަޖެޓުން އަންހެނުން ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމެޓީތަކަށް ދެމުން ގެންދާ ބަޖެޓު ދެ ގުނަ ބޮޑުކުރަން ރައީސް ވަނީ ނިންމަވާފައެވެ.



ކިޔުންތެރިންގެ ހިޔާލު