ރާއްޖޭގެ ދަރަނީގެ މައްސަލައާ ގުޅޭގޮތުން ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ ދެއްކެވި ވާހަކަތަކަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން މަރްޒޫގު ޖަވާބު ދެއްވައިފިއެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ ވަނީ ދަރަނިން ސަލާމާތްވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އާދައިގެ ރައްޔިތުންނަށް ފަހުމުވާގޮތަށް ސާފުކޮށްދިނުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހުން އެދިވަޑައިގެންފައެވެ.
މާރިޔާގެ އެ ޕޯސްޓަށް ރައްދު ދެއްވައި މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން މަރްޒޫގު ވިދާޅުވީ ޗައިނާ އަދި އިންޑިއާއިން ވެސް އެ ޤައުމުތަކަށް ދައްކަންޖެހޭ ބޮޑެތި ލޯނުތަކެއް ފަސްކޮށްދިނުމަށް އެއްބަސްވެފައިވާ ކަމަށެވެ. މީގެއިތުރުން، 2026 ވަނަ އަހަރުގެ ތެރޭގައި ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކު ރީފައިނޭންސް ކުރުމަށް ކަނޑައެޅިފައިވާ ކަމަށް އަޒާން ވިދާޅުވިއެވެ.
އަޒާން އިތުރަށް ވިދާޅުވީ، މި ސަރުކާރުން ދަރަނިން ސަލާމަތްވުމަށްޓަކައި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދޫކޮށްލައި އަމާންދިނުމަކީ ނުކުރާނެ ކަމެއް ކަމަށެވެ. އަދި މާރިޔާ ޑިފެންސް މިނިސްޓަރެއްގެ ގޮތުގައި ހުންނެވިއިރު އެކަމަނާ އަމަލުކުރެއްވީ އެގޮތަށް ކަމަށާއި، އޭރު ރާއްޖޭގެ މަސްލަހަތަށްވުރެ ބޮޑަށް އެހެން ޤައުމެއްގެ މަސްލަހަތު ދެމެހެއްޓުމުގައި ޝައުޤުވެރިކަން ގެންގުޅުއްވި ކަމަށް ވިދާޅުވެ އަަޒާން ވަނީ މާރިޔާ އަށް ފާޑުވިދާޅުވެފައެވެ. އަދި މާރިޔާ ކުރެއްވި ސުވާލަށް އެކަށީގެންވާ މިންވަރަށް ޖަވާބު ލިބިވަޑައިގެންނެވި ކަމަށް އުންމީދުކުރައްވާ ކަމަށް އަޒާން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު