ގިނަ އަދަދެއްގެ ސިވިލް ސާވިސް މުވައްޒަފުން މަސައްކަތް ކުރާ ވެލާނާ ބިލްޑިން
ގިނަ އަދަދެއްގެ ސިވިލް ސާވިސް މުވައްޒަފުން މަސައްކަތް ކުރާ ވެލާނާ ބިލްޑިން
ސިވިލް ސާވިސް މުވައްޒަފުންގެ ވަޒީފާގެ މުއްދަތު ގުނުމުގައި ދައުލަތުގެ އެހެން އިދާރާތަކާއި ދައުލަތުގެ ކުންފުނިތަކުގައި ހިދުމަތްކުރި މުއްދަތު ހިމަނަން ނިންމި ނިންމުން ބާތިލުކޮށް، އެކަމާ ގުޅޭގޮތުން އިތުރަށް މަޝްވަރާ ކުރުމަށް ސިވިލް ސާވިސް ކޮމިޝަން، ސީއެސްސީއިން ނިންމައިފިއެވެ.

ސީއެސްސީން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ސާކިއުލާގައި ބުނީ ވަޒީފާއިން މުސްކުޅި ކުރާއިރު، ހިދުމަތުގެ މުއްދަތު ގުނުމުގައި ސަރުކާރުގައި ހިދުމަތްކޮށްފައިވާ މުއްދަތުގެ ތެރެއިން ސަރުކާރުގެ މައި ހިއްސާ އޮންނަ ކުންފުނިތަކާއި ސިވިލް ސާވިސްގައި ނުހިމެނޭ ދައުލަތުގެ އެހެން އިދާރާތަކުގައި ހިދުމަތްކޮށްފައިވާ މުއްދަތު ހިމަނަން ނިންމާފައިވާކަމަށެވެ.

އެހެންނަމަވެސް މިއަދު ސީއެސްސީން ވަނީ އެ ސާކިއުލާ ބާތިލްކޮށްފައެވެ.

ސީއެސްސީން މިއަދު ނެރުނު އިއުލާނުގައި ބުނީ އެ ސާކިއުލާ ބާތިލްކުރީ ކަމާގުޅޭ ރަސްމީ އިދާރާތަކާ އިތުރަށް މަޝްވަރާ ކުރުމަށް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު