ކުރީގެ ރައީސް މުހައްމަދު ނަޝީދު
ކުރީގެ ރައީސް މުހައްމަދު ނަޝީދު
ބ. އަތޮޅުގައި އޮންނަ ހަނިފަރު ބޭ މިހާރު އޮތްގޮތައް ބާއްވައިގެން ދޮންފަނަށް މާ މަންފާ ކުރާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ދޮންފަނާ ޖެހިގެން އޮންނަ ހަނިފަރު ބޭ އަކީ ރާއްޖެ އަންނަ ފަތުރުވެރިންގެ މެދުގައި ވަރަށް މަގުބޫލު މަމްޒިލެކެވެ. ޓޫރިސްޓުންގެ މެދުގައި މި މަންޒިލް މަގުބޫލުވެފައިވަނީ މިއީ އެތައް ބާވަތެއްގެ މަސްމަހާމެހި އުޅޭ ސަރަހައްދަކަށް ވާތީއެވެ.

ސަރުކާރުން ވަނީ ދޮންފަނުގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލު ހޯދައިދިނުމުގެ ގޮތުން ރަށުގެ ފަޅުން 13 ހެކްޓަރުގެ ބިން ހިއްކަން ނިންމައި އެ މަޝްރޫއު ކުންފުންޏަކާ ހަވާލުކޮށްފައެވެ.

މިކަމުގެ ސަބަބުން ހަނިފަރު ބޭ އަށް ގެއްލުންވާނެ ކަމަށް ބުނެ ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތުގައި އިސްކޮށް އުޅޭ ގިނަ ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މިކަމާ ގުޅިގެން މިއަދު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވީ ސަރުކާރުން މިހާރު ހުށަހަޅާފައިވާ ގޮތަށް، ހަނިފަރު ބޭ އަށް ގެއްލުންވާ ގޮތަށް އެ ތަނުގެ ބިން ހިއްކައިގެން ލިބޭ އާމްދަނީއަށް ވުރެ އެތަން މިހާރުވެސް އެ އޮންނަ ގޮތަށް ބާއްވައިގެން ލިބޭ އާމްދަނީ ބޮޑުވާނެ ކަމަށެވެ.

ހަނިފަރު ބޭ އަކީ މިހާރުވެސް ފަތުރުވެރިންގެ މެދުގައި މަޝްހޫރު ސަރަހައްދެއްކަން ފާހަގަކުރައްވައި ނަޝީދު ވަނީ ބިން ހިއްކުމުގެ މަޝްރޫއާމެދު ދެވަނަ ވިސްނުމަކަށް ދިއުމަށް ގޮވާލައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް