ސަރުކާރުން ކުރިއަށް އޮތް 20 އަހަރަށް ޤައުމީ ތަރައްޤީގެ ޕްލޭނެއް އެކުލަވާލުމަށް ކުރާ މަސައްކަތުގައި ބައިވެރިނުވާން، އިދިކޮޅު އެމްޑީޕީން ނިންމައިފިއެވެ.
މި ނިންމުން އެ ޕާޓީން މިއަދު އިއުލާންކުރީ ނެކްސިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކުން އެމްޑީޕީއާ ބައްދަލުކުރުމަށް އެދުމުން، އެކުންފުންޏަށް ދިން ޖަވާބެއްގައެވެ.
އެމްޑީޕީން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ދުރު ރާސްތާއަށް އަމާޒުކޮށްގެން އެކުލަވައިލާ ޤައުމީ ތަރައްޤީގެ ޕްލޭނެއް އޮތުމަކީ ނުހަނު މުހިންމު ކަމެއްކަމަށް ޤަބޫލުކުރާ ކަމަށެވެ. އެހެންނަމަވެސް، ޤައުމީ ތަރައްޤީގެ ޕްލޭނެއް އެކުލަވައިލުމުގެ ނަމުގައި މިހާރުގެ ސަރުކާރުން ކަންކަން ކުރަމުން ގެންދާ ގޮތާމެދު އިންތިހާއަށް ކަންބޮޑުވާކަމަށް އެ ޕާޓީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
އެމްޑީޕީގެ ނޫސްބަޔާނުގައި ބުނީ ޤައުމީ ތަރައްޤީގެ ޕްލޭން އެކުލަވައިލަނީ ކުރިއަށް އޮތް 20 އަހަރަށް ކަމަށް ކަނޑައަޅައިފައި ވަނީ ކިހިނެއްކަމާއި އެ ނިންމުން ނިންމުމުގައި މަޝްވަރާކޮށްފައި ވަނީ ކޮން ފަރާތްތަކަކާ ކަން އެނގޭކަށް ނެތްކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެންނެވުނު ފަދަ ޕްލޭނެއް އެކުލަވައިލައްވާނެ ކަމަށް ހާމަކުރެއްވުމަށްފަހު، އެއްވެސް ޕްލޭނެއް ނެތި، މިހާރުވެސް އެއަރޕޯޓް އެޅުމާއި، ޢުމްރާނީ އެކިއެކި މަޝްރޫއުތައް އިއުލާނުކުރުމާއި، ފަށައިފައި ނުނިމި އެތައް ކަމެއް ހުރިއިރު، ބައެއް ތަންތަނުގައި އަލަށް މަސައްކަތް ފަށަމުންދާ ކަމަށް އެ ޕާޓީން ނެރުނު ބަޔާނުގައި ފާހަަގަކޮށްފައިވެއެވެ.
މިގޮތުން، މާލެ ސަރަހައްދުގައި ބިން ހިއްކަން ފަށައިފައި ހުރި ތަންތަން ނުނިންމައި، ފުށިދިއްގަރުފަޅު ހިއްކުމަށް އެކި ގޮތްގޮތުން މަސައްކަތް ކުރަމުންދާކަމަށާއި، އަތޮޅު ކައުންސިލުތައް އުވައިލުމަށް، އަދި ރަށްރަށުން މީހުން ބަދަލުކުރުމަށްވެސް ދަނީ އިއުލާނުކުރަމުން ކަމަށް އެމްޑީޕީން ބުންޏެވެ. މިހެންކަމުން، ޕްލޭނެއް އެކުލަވައިލުމުގެ ބޭނުމެއް މިހާރު އޮތްކަމަށް އެ ޕާޓީން ނުދެކޭ ކަމަށާއި، އަދި އެކަމުގައި ސަރުކާރުގެ ހެޔޮ ނިޔަތެއް އޮތްކަމަކަށްވެސް ނުދެކޭ ކަމަށް ނޫސްބަޔާނުގައި ވެއެވެ.
އެމްޑީޕީން އިތުރަށް ބުނެފައިވަނީ، ސަރުކާރުން ޤާނޫނުއަސާސީއާއި ޤާނޫނުތަކާ އެއްގޮތައް ޢަމަލުނުކުރުމާއި، ގުޑް ގަވަރނަންސްގެ އުސޫލުތަކާ ހިލާފަށް ކަންކަން ކުރަމުން ގެންދިޔުމާއި، އަދި ދައުލަތުގެ ނިޒާމުތަކަށް ހުރުމަތްތެރިކޮށް ނުހިތުން މިވަނީ އާއްމުކަމަކަށް ވެފައިކަމަށެވެ. ތިމާވެށި ހިމާޔަތްކުރުމުގެ ޤަވާއިދުތައް ފަދަ، ކުރިންސުރެ އެކަށައަޅައިފައި ހުރި ހަރުދަނާ އުސޫތައްވެސް ކުއްލިއަކަށް ދަނީ ބަދަލުކުރަމުން ކަމަށާއި، ކަން މިހެން އޮތްއިރު، އަލުން އެކުލަވައިލާ ޕްލޭނަކަށް ޢަމަލުކުރާނެކަމުގެ އެއްވެސް ޔަގީންކަމެއް ނެތްކަމަށް އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
އެ ސަބަބުތައް އެ ގޮތަށް ހުރުމުން، މި ވަގުތު އެކަމުގައި ބައިވެރިވުމަކީ ބޭނުންތެރިކަމެއް ކަމަށް އެމްޑީޕީން ނުދެކޭ ކަމަށް ނޫސްބަޔާނުގައި ބުނެފައިވެއެވެ.
އެމްޑީޕީން އެގޮތަށް ނިންމިއިރު ކުރިއަށް އޮތް 20 އަހަރު ދުވަހުގެ ގައުމީ ތަރައްގީގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތްކުރާ ޓީމުން، އާންމުންގެ ޚިޔާލު ހޯދުމަށް މިހާރު ވަނީ ރަށްރަށައް ދަތުރުތައް ފަށާފައެވެ.
"ވިލުންތެރި ރާއްޖެ 2045" ޤައުމީ ތަރައްޤީގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުން ވަނީ ދިވެހި ކޮންސަލްޓަންސީ ކުންފުންޏެއް ކަމުގައިވާ ނެކްސިއާ މޯލްޑިވްސްއާ ހަވާލުކޮށްފައެވެ.
ޤައުމީ ތަރައްޤީގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ ސެޕްޓެންބަރު މަހުގެ 17 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު