ކުރިއަށް އޮތް 20 އަހަރަށް ހަދާ ގައުމީ ތަރައްގީގެ މާސްޓާ ޕްލޭން އެކުލަވާލުމުގެ އަމަލީ މަސައްކަތް ނެކްސިއާ މޯލްޑިވްސް ކިޔާ ކުންފުންޏަކާ ހަވާލުކުރީ 17.9 މިލިއަން ރުފިޔާއަށްކަން ހާމަވެއްޖެއެވެ.
އެކަން ހާމަވީ މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ގާނޫނުގެ ދަށުން ގާނޫނީ ވަކީލު އަހުމަދު މައުރޫފް ހުށައެޅުއްވުމުން ފިނޭންސުން ދިން ޓެންޑާ އެވޯޑު ލިޔުމުންނެވެ.
އެލިޔުމުގައި ބުނެފައިވާ ގޮތުން ނެކްސިއާއަށް މި މަސައްކަތް ހަވާލުކުރީ ޖޫން 25، ގަ އެވެ. އެ މަސައްކަތުގެ ޖުމްލަ އަދަދަކީ 17،940،096ރ. ކަމަށްވާއިރު މަސައްކަތް ހަވާލުކުރީ އެއް އަހަރުން ނިއްމާގޮތަށެވެ.
ގައުމީ ތަރައްގީގެ މާސްޓާ ޕްލޭނެއް ހަަދާނެ ކަމަށް ރައީސް އިއުލާން ކުރެއްވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 17 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު