މާލެ ސަރަހައްދުގެ އަމާންކަމާއި ރައްކާތެރިކަން ގާއިމުކޮށް، ފުލުހުންގެ ޚިދުމަތްތައް ހަރުދަނާ ކުރުމަށް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން މިއަދު އެދިވަޑައިގެންފިއެވެ.

ސީޕީ ނަވީން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މާލެ ސިޓީއަށް ދިމާވެފައިވާ އެންމެ ބޮޑެތި މައްސަލަތަކާ ގުޅޭ ގޮތުން މާލެ ޕޮލިހުގެ ދަށުން މަސައްކަތް ކުރާ ޑިޕާޓުމަންޓުތަކުގެ އިސްވެރިންނާ މިއަދު ބައްދަލުކުރައްވާފައިވާ ކަމަށެވެ.

އެ ބައްދަލުވުމުގައި މާލެ ސަރަހައްދުގައި ހިންގާ އޮޕަރޭޝަންތަކުގައި އެއް އަމާޒެއްގައި މަސަައްކަތް ކުރުމަށާއި ފުލުހުންގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ރައްކާތެރިކަން ކަށަވަރު ކުރުމަށް އިރުޝާދު ދެއްވި ކަމަށް ސީޕީ ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުވުމުގައި ސީޕީ ނަވީންގެ އިތުރުން ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީ ބައިވެރިވެވަޑައިގެންނެވިއެވެ.

ފުލުހުންގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ވައްކަމާއި އެކްސިޑެންޓުތަކުގެ މައްސަލަ ތަކެވެ.



ކިޔުންތެރިންގެ ހިޔާލު