އެމްޑީޕީގެ ވެރިކަމުގައި ވަޒީރުކަން ދިނީ ތަބަކަކަށް ލާފައި ނޫން ކަމަށް މިއަދު އެޕާޓީން ވަކިވެވަޑައިގެންނެވި ކުރީގެ ޔޫތް މިނިސްޓަރު އަހްމަދު މަހްލޫފު ވިދާޅުވެއްޖެއެވެ.
އެމްޑީޕީން މިއަދު ވަކިވުމަށް ފަހު، ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ކުރީގެ ޔޫތް މިނިސްޓަރު އަޙްމަދު މަހްލޫފު ވިދާޅުވީ، 2015 ވަނަ އަހަރު އެމްޑީޕީ އާއެކު މަސައްކަތްފެށީ ގަދަކޮށް އޮތް ޕީޕީއެމްގެ ސަރުކާރުދޫކޮށް ނުކުމެ ކަމަށެވެ. އަދި މަސައްކަތްކޮށްގެން މަގާމެއް ހައްގުވަންޏާ ފުރަތަމަ ގުނާ އެކަކަށް އޭނާ ވާނެ ކަމަށް މަހުލޫފް ވިދާޅުވިއެވެ.
"2015 ވަނަ އަހަރު އެމްޑީޕީ އާއެކު މަސައްކަތްފެށީ ގަދަކޮށް އޮތް ޕީޕީއެމްގެ ސަރުކާރުދޫކޮށް ނުކުމެއެވެ. އެއީ ޖަލުން އަދި ގޭބަންދުން، އެތައް ގުރުބާނީއެއްވެގެން ގެނައިވެރިކަމެކެވެ. މަސައްކަތްކޮށްގެން މަގާމެއް ހައްގުވަންޏާ ފުރަތަމަ ގުނާ އެކަކަށް އަޅުގަނޑުވާނެއެވެ. ވަޒީރު ކަމަކީ ތަބަކަށް ލާފަދިން މަގާމެއްނޫނެވެ." މަހުލޫފް ވިދާޅުވިއެވެ.
މީގެ އިތުރުން މަހްލޫފް ވިދާޅުވީ އެމްޑީޕީން ވަކިވުމަކީ އުނދަގޫ ނިންމުމެއް ކަމަށެވެ. އެކަމަކު، އެކަން ކުރަން ޖެހިވަޑައިގަތް ސަބަބު އެ ޕާޓީގެ ބައެއް ފަރާތްތަކަށް އެނގޭނެކަމަށް އޭނާ ވިދާޅުވި އެވެ.
އެމްޑީޕީން ވަކިވާން ނިންމެވި ނިންމެވުމާ މެދު އެ ޕާޓީގެ އެއްވެސް މެމްބަރެއްގެ ހިތްހަމަނުޖެހުމެއް އޮތް ނަމަ އެކަމަށް މައާފަށް އެދިވަޑައިގަންނަވާ ކަމަށް މަހުލޫފް ވިދާޅުވިއެވެ. އަދި އަބަދުވެސް އެކުވެރިކަން އޮންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް މަހްލޫފް ވިދާޅުވި އެވެ.
އެމްޑީޕީން ވަކިވުމަށްއެދި އެޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލަށް ފޮނުއްވި ސިޓީގައި މަހްލޫފު ވިދާޅުވީ އެމްޑީޕީން ވަކިވަނީ ދައުލަތުގެ މަގާމެއްގައި ހިދުމަތް ކުރެއްވުމުގެ ފުރުސަތު ލިބުމުން ކަމަށެވެ.
ރައީސް މައުމޫންގެ ޑީއާރުޕީން ސިޔާސީ މަސައްކަތް ފެއްޓެވި މަޙްލޫފް ވަނީ ޕީޕީއެމްގައި ވެސް އިސްކޮށް މަސައްކަތް ކުރަށްވާފައެވެ. މަހްލޫފް އެމްޑީޕީއަށް ސޮއިކުރެއްވީ 2018 ގެ ރިޔާސީ އިންތިހާބަށްފަހު އިންތިގާލީ މަރުހަލާގައެވެ. އޭނާވަނީ ރައީސް ސާލިޙްގެ ސަރުކާރުގެ ވެރިކަމުގެ ފަސްއަހަރު ޔޫތު މިނިސްޓަރުގެ މަގާމު އަދާކުރަށްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު