ކުރީގެ ފަނޑިޔާރުންނާއި، ސިފައިންގެ އިސްވެރިންނާއި އެހެނިހެން މުވައްސަސާތަކުގެ ކުރީގެ އިސްވެރިންގެ އިނާޔަތްތައްވެސް ކުޑަކުރަންޖެހޭ ކަމަށް އިނަރ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ފިރާޤު ވިދާޅުވެއްޖެއެެވެ.
ފިރާޤު މިހެން ވިދާޅުވީ ދައުލަތުން ކުރީގެ ރައީސުންނާއި މަޖިލީސް މެންބަރުންނަށް ދެމުންދާ އިނާޔަތްތައް ކުޑަކުރަން ފެނިވަޑައިގަންނަވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ހާމަކުރެއްވުމާއި ގުޅިގެންނެވެ. އެކަމަށް މަރުހަބާ ވިދާޅުވެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިނަރ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ފިރާޤު ވިދާޅުވީ، ރައީސް މުޢިއްޒު ކުރީގެ ރައީސުންނާއި މަޖިލީސް މެންބަރުންނަށް ދައުލަތުން ދެމުންދާ އެލަވަންސްތައް މަދުކުރުމަށް ވިސްނަވާތީ
އެކަން އުފަލާއެކު ބަލައިގަންނަ ކަމަށެވެ. އަދި ހަމަ އެގޮތަށް ކުރީގެ ފަނޑިޔާރުންނާއި، ސިފައިންގެ އިސްވެރިންނާއި އެހެނިހެން މުވައްސަސާތަކުގެ ކުރީގެ އިސްވެރިންގެ އިނާޔަތްތައްވެސް ކުޑަކުރުމަށް ފިރާޤު ގޮވާލެއްވިއެވެ. އަދި އެއީ ދައުލަތުގެ ބަޖެޓަށް ލުޔެއް ލިބިގެންދާނެ ކަމެއްގެ ގޮތުގައި ފިރާޤު ސިފަކުރެއްވިއެވެ.
ފިރާޤު ވަނީ އެހެނިހެން ކުރީގެ އިސްވެރިންނަށްވެސް މިފަދަ ވިސްނުމެއް ގެންގުޅުއްވުމަކީ އޭނާ އުފަލާއެކު ބަލައިގަންނާނެ ކަމެއް ކަމަށް ހާމަކުރައްވާފައެވެ.
މީގެ އިތުރުން، ދެ މުސާރަ ލިބޭ ގޮތަށް ހުރި ވަޒީފާތައް މަދުކުރުމަކީވެސް ވަރަށް ބޮޑު ތަފާތެއް ގެނެސްދޭނެ ކަމެއް ކަމަށް ފިރާޤު ފާހަގަކުރައްވާފައިވެއެވެ. މިފަދަ ވަޒީފާތަކަކީވެސް ދައުލަތުގެ މާލިއްޔަތަށް ބުރައެއް ކަމަށް ފިރާޤު ވިދާޅުވިއެވެ.
މި ޚަރަދުތަކަކީ ދައުލަތުގެ ބަޖެޓުން ވަރަށް ބޮޑު އަދަދެއްގެ ފައިސާ ޚަރަދުވާ ކަންކަން ކަމުގައިވާތީ، މިފަދަ ޚަރަދުތައް މަދުކުރުމަކީ ދައުލަތަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމެއް ކަމަށް ފިރާޤު ވިދާޅުވެފައިވެއެވެ. މިއީ ދައުލަތުގެ މާލިއްޔަތު ހަރުދަނާކޮށް، ރައްޔިތުންގެ ފައިސާ އިތުރަށް ބޭނުންތެރި ކަންކަމަށް ޚަރަދުކުރުމަށް މަގުފަހިކޮށްދޭނެ ފިޔަވަޅުތަކެއް ކަމަށް ފިރާޤު ވިދާޅުވިއެވެ.
ދައުލަތުން ކުރީގެ ރައީސުންނާއި މަޖިލީސް މެންބަރުންނަށް ދެމުންދާ އިނާޔަތްތައް ކުޑަކުރަން ފެނިވަޑައިގަންނަވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ހާމަކުރަށްވާފައިމިވަނީ ދައުލަތުގެ މާލީ ހާލަތު ވަރަށް ބޮޑަށް ގޯސްވެ ޚަރަދު ކުޑަކުރަން ސަރުކާރުން އެކި ފިޔަވަޅުތައް އަޅަމުން ގެންދާ ދަނޑިވަޅެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު