ސްރީލަންކާގެ ގައުމީ ފުޓްބޯޅަ ޓީމް ބަލިކޮށް ރާއްޖޭގެ ގައުމީޓީމުން ސައުތު އޭޝިއަން ސުޕަކަޕް 2025 ގެ ތަށި އުފުލައިފިއެވެ.
ސައުތު އޭޝިއަން ސުޕަ ކަޕްގައި ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު ކުޅުނު ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗު ނިމުނީ 3-0 ގެ ނަތީޖާއަކުން ރާއްޖެއިން މެޗު ކާމިޔާބުކޮށްގެންނެވެ. ދެވަނަ މެޗު ނިމުނީ 1-1 ގެ ހަމަހަމަ ނަތީޖާއަކުންނެވެ.
މެޗުގެ ދެވަނަ ހާފު ފެށުމާއެކު، ސްރީލަންކާގެ ޓީމުން ދިވެހިރާއްޖޭގެ ގޯލަށް ވަރުގަދަ ހަމަލާތަކެއް ދޭން ފެށިއެވެ.
ދިވެހިރާއްޖެއިން މެޗުގެ ލީޑު ހޯދީ ދެވަނަ ހާފުގެ 67 ވަނަ މިނެޓުގައެވެ. މި ގޯލު ދިވެހިރާއްޖެއަށް ކާމިޔާބުކޮށްދިނީ ނާއިޒް ހަސަންއެވެ. އިބްރާހިމް މަހުދީ ބޮލުން ފޮނުވާލި ބޯޅަ ގޯލުގެ މަތީ ދަނޑީގައި ޖެހި ނިކުތުމުން، ނާއިޒް އެ ބޯޅަ ގޯލު ތެރެއަށް ވައްދާލީއެވެ.
މި ގޯލަށްފަހުވެސް ދިވެހިރާއްޖެއަށް އިތުރު ގޯލު ޖެހުމުގެ ފުރުސަތުތަކެއް ލިބުނެވެ. ހަމައެހެންމެ، ސްރީލަންކާއިން ވެސް ގޯލެއް ޖެހުމަށް ވަރަށް ބޮޑު މަސައްކަތްތަކެއް ކުރިއެވެ.
މެޗުގެ ދެވަނަ ހާފު ސްރީލަންކާއިން ކޮންޓްރޯލް ކުރަމުން ދިޔަ ނަމަވެސް، އެ ޓީމަށް ގޯލެއް ކާމިޔާބުކުރެވުނީ މެޗުގެ އިތުރު ވަގުތުގައެވެ. މި ގޯލު ސްރީލަންކާއަށް ކާމިޔާބުކޮށްދިނީ އޮލިވާ ކެލާޓްއެވެ. މިއާއެކު މެޗު ނިމުނީ 1-1 ގެ ހަމަހަމަ ނަތީޖާއަކުންނެވެ.
މި މެޗު އެއްވަރުވި ނަމަވެސް، ފުރަތަމަ މެޗު ދިވެހިރާއްޖެއިން 3-0 އިން ކާމިޔާބުކޮށްފައިވާތީ، މުޅި މުބާރާތުގެ ޗެމްޕިއަންކަން ދިވެހިރާއްޖެއަށް ލިބުނީ 4-1 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.

ކިޔުންތެރިންގެ ހިޔާލު