އިސްރާއީލުން ގަތަރަށް މިއަދު ދިން ހަމަލާ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ކުށްވެރިކުރައްވައިފިއެވެ.
އިސްރާއީލުން މިއަދު ގަތަރުގެ ވެރިރަށް ދޯހާގައި ތިއްބެވި ހަމާސްގެ އިސްވެރިންނަށް އަމާޒުކޮށް މިސައިލް ހަމަލާތަކެއް ދީފައިވެއެވެ. މި ހަމަލާތަކުގެ ސަބަބުން ލިބުނު ގެއްލުންތަކުގެ ތަފްސީލު މިވަގުތު ހާމަވެފައި ނުވި ނަމަވެސް، ދޯހާގެ އެކި ސަރަހައްދުތަކަށް މި ހަމަލާތައް އަމާޒުވެފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.
މި ހަމަލާ ކުށްވެރިކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އިސްރާއީލުގެ މި ޢަމަލަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު، އަދި މިނިވަން ގައުމެއްގެ ސިޔާދަތަށް އަރައިގަތުމުގެ ޢަމަލެއް ކަމަށެވެ. އަދި އިސްރާއީލުން ތަކުރާރުކޮށް ގާނޫނާ ޚިލާފަށް ހިންގާ މިފަދަ އަމަލުތަކާ ދެކޮޅަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
އިސްރާއީލުން ފަލަސްތީނުގެ ރައްޔިއްޔިތުންނަށް އަމާޒުކޮށް ހިންގަމުންދާ އަނިޔާވެރި އަމަލުތަކާ ގުޅިގެން، ދިވެހި ސަރުކާރުން ވަނީ ކުރިން ވެސް އިސްރާއީލުގެ މި ޣައިރު ގާނޫނީ އަދި ލާއިންސާނީ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. މީގެ އިތުރުން، ބައިނަލްއަގުވާމީ މުޖުތަމައުގެ ސަމާލުކަމަށް މިކަން ގެނެސް، އިސްރާއީލާ ދެކޮޅަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ގޮވާލާފައިވެއެވެ. މި ގޮވާލުމުގައި، އދ. ގެ ސަލާމަތީ މަޖިލީހުން ވަގުތުން ވަގުތަށް މެދުވެރިވެ، ހަނގުރާމަވެރި ހާލަތު ނިމުމަކަށް ގެނައުމަށް މަސައްކަތްކުރުމަށް ވެސް އެދިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު