ކުރީގެ ބައެއް ރައީސުން-
ކުރީގެ ބައެއް ރައީސުން-
ކުރީގެ ރައީސުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ ފަރާތްތަކަށް ގާނޫނުތަކުން ލިބިދޭ ބައެއް އިނާޔަތްތައް އުނިކުރުމަށް ގާނޫނުތައް އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން ނިންމައިފައިވާކަން ރައީސް ޑރ. މުޙައްމަދު މުއިއްޒު ރަސްމީކޮށް މިއަދު އިއުލާން ކުރައްވައިފިއެވެ.

ރައީސް މިކަން އިއުލާން ކުރައްވާފައިވަނީ އެމަނިކުފާނުގެ އެކްސް އެކައުންޓުގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެެވެ.

އެމަނިކުފާނުގެ ޕޯސްޓުގައި އިތުރަށް ވިދާޅުވީ ދައުލަތުގެ ވަޒީފާތަކުން ރިޓަޔަރ ކުރާ ފަރާތްތަކަށް ލިބެމުންދާ ޕެންޝަން އިނާޔަތްތައް އެއްހަމަ ކުރުމަށްޓަކާ ޤާނޫނުތަކާއި ޤަވާއިދުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތްވެސް މިހާރު ކުރެވެމުން ދާކަމަށެވެ.

އެގޮތުން ދައުލަތުގެ ވަޒީފާއަކުން ރިޓަޔަރވުމުން ޕެންޝަން އިނާޔަތް ލިބެމުންދާ ފަރާތެއް އަލުން ދައުލަތުގެ ވަޒީފާއަކަށް އައުމުން، ވަޒީފާގައި ހުންނަ މުއްދަތުގައި އެ އިނާޔަތް މެދުކަނޑާލަންޖެހޭ ގޮތަށް ގަވާއިދުތައް އިސްލާހުކުރެވިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް މުޢިއްޒު މިފަދަ ނިންމުމެއް އާންމުކޮށް ހިއްސާ ކުރެއްވި އިރު ކުރީގެ ރައީސުންނާއި ކުރީގެ މަޖިލިސް މެންބަރުންނަށް އުމުރުދުވަހަށް ލިބޭގޮތަށް ހުރި ބޮޑެތި އިނާޔަތްތައް ކަނޑާލުމަށް އެދި ގިނަ ބަޔަކު ވަނީ އަޑުއުފުލާ ވަކާލާތު ކުރަން ފަށާފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް