ރާއްޖޭގައި އާންމުކޮށް ފެތުރޭ އަރިދަފުސް ރޯގާ އާއި އިންފްލުއެންޒާ ޖެހޭ މީހުންގެ އަދަދު އިތުވެފައިވާތީ، ރައްޔިތުން އެކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު އިލްތިމާސްކޮށްފިއެވެ.
އާދައިގެ ރޯގާ އާއި އިންފްލުއެންޒާގެ އަލާމާތްތައް މިއީ މުޅިން ތަފާތު ދެ ވައިރަހަކުން ޖެހޭ ބަލިތަކަކަށްވެފައި، އާދައިގެ ރޯގާއަށް ވުރެ އިންފްލުއެންޒާގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައް ބޮޑުވާކަން އެ އެޖެންސީން ފާހަގަކުރެއެވެ.
ޚާއްސަކޮށް، 5 އަހަރުން ދަށުގެ ކުޑަކުދިންނާއި 2 އަހަރުން ދަށުގެ ކުދިންނަށް މި ބަލި ޖެހިއްޖެނަމަ ހާލަތު ސީރިއަސްވުމުގެ ފުރުސަތު ބޮޑުވާތީ ހުން އައިސް ރޯގާ ޖެހޭ ކުދިންގެ ފަރާތުން ނުރައްކާތެރި އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާ ހޯދުމަށް އިރުޝާދު ދީފައިވެއެވެ.
އޭގެ އިތުރުން މި ބަލިން ރައްކާތެރިވުމަށްޓަކައި ގަވާއިދުން ސައިބޯނިލައިގެން އަތް ދޮވުމާއި، ހޭންޑް ސެނިޓައިޒާ ބޭނުންކުރުމުގެ އިތުރުން ކެއްސައި ކިނބިހިއަޅާއިރު އަނގަޔާއި ނޭފަތް ނިވާކުރުމަށް އެޗްޕީއޭއިން އެދިފައިވެއެވެ.
އަދި މީހުން އެއްވެ އުޅޭ ތަންތަނަށް ދާއިރު މާސްކް އެޅުމާއި، ހަށިގަނޑުން ފެން މަދުވިޔަނުދިނުމަށް ގިނައިން ފެނާއި ދިޔާތަކެތި ބޭނުންކުރުމާއި، އަދި އަހަރަކު އެއްފަހަރު އިންފްލުއެންޒާ ވެކްސިން ޖެހުމަކީ ބަލިން ރައްކާތެރިވުމަށް އެޅިދާނެ މުހިންމު ފިޔަވަޅުތަކެއް ކަމަށް އެ އެޖެންސީން ހަނދާންކޮށްދީފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު