ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ އަހަރީ ރިވިއު ބައްދަލުވުމުގެ ބައިވެރިން، ފޮޓޯ: އެޗްޕީއޭ
ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ އަހަރީ ރިވިއު ބައްދަލުވުމުގެ ބައިވެރިން، ފޮޓޯ: އެޗްޕީއޭ
ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) ގެ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ ގައުމުތަކަށް އަމާޒުކޮށްގެން ބާއްވާ ޕެންޑެމިކް އިންފްލުއެންޒާ ޕްރިޕެއާޑްނަސް (ޕީއައިޕީ) ޕާޓްނާޝިޕް ކޮންޓްރިބިއުޝަން، ޕްރިޕެއާޑްނަސް އެންޑް ރެޒިލިއަންސް ފޯ އިމާޖިން ތްރެޓްސް (ޕްރެޓް) އަދި ޔުނިޓީ ސްޓަޑީޒް އާ ގުޅޭ އަހަރީ ރިވިއު ބައްދަލުވުމުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބައިވެރިވެއްޖެއެވެ.

މި އޮކްޓޯބަރު މަހުގެ 18 އިން 22 ގެ ނިޔަލަށް މާލޭގައި ކުރިއަށްދާ މި މުހިންމު ބައްދަލުވުމަކީ ސަރަހައްދީ ފެންވަރުގައި ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމަށް ބާއްވާ ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި ދެކުނު އިރުމަތީ އޭޝިއާގެ އެކި ގައުމުތަކުގެ ސިއްހީ ދާއިރާގެ އިސް ފަރާތްތަކާއި ކަމާބެހޭ މާހިރުން އަންނަނީ ބައިވެރިވަމުންނެވެ.

އެޗްޕީއޭއިން މައުލޫމާތު ދީފައިވާ ގޮތުގައި، މި ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ އިންފްލުއެންޒާ ފަދަ ގައިންގަޔަށް އަރާ ބަލިތައް ދެނެގަތުމަށް ކުރެވޭ މަސައްކަތްތައް (ސާވެއިލަންސް) ވަރުގަދަކުރުމާއި، ކުރިމަތިވެދާނެ ބޮޑު ރޯގާއަކަށް ނުވަތަ ޕެންޑެމިކަކަށް ތައްޔާރުވުމާއި އިޖާބަދިނުމުގެ ގާބިލުކަން އިތުރުކުރުމެވެ.

މީގެއިތުރުން މި ދާއިރާއިން ކުރިއަށްގެންދެވޭ ދިރާސާތަކާ ގުޅޭގޮތުން މަޝްވަރާކޮށް، ގައުމުތަކުގެ މެދުގައި ތަޖުރިބާ ހިއްސާކުރުމާއި ގުޅުން ބަދަހިކުރުން މި ބައްދަލުވުމުގެ ތެރެއިން ކުރިއަށްދާނެއެވެ.

އެޗްޕީއޭއިން އިތުރަށް ހާމަކުރި ގޮތުގައި، ގައުމީ އަދި ސަރަހައްދީ ފެންވަރުގައި ސިއްހީ ރައްކާތެރިކަން ކުރިއެރުވުމަށްޓަކައި، ބަލިތައް މޮނީޓާކުރުމުގެ ނިޒާމު ހަރުދަނާކުރުމަށާއި، ކުއްލި ސިއްހީ ނުރައްކާތަކަށް ތައްޔާރުވުމަށް އެހެން ގައުމުތަކާ ގުޅިގެން ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރުމުގައި އެ އެޖެންސީން އަބަދުވެސް ދެމިއޮންނާނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް