ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެމްޑީޕީ ސަރުކާރުން ފަށައިގެން ހިންގަމުންދިޔަ ތަރައްގީގެ ގިނަ މަޝްރޫއުތައް ރައީސް މުއިއްޒުގެ ސަރުކާރުން ހުއްޓުވާލާފައިވާ ކަމަށް އިދިކޮޅު އެމްޑީޕީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު މިހެން ވިދާޅުވީ އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައެވެ. ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީގައި މިވަގުތު ހުންނެވި ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެމްޑީޕީ ސަރުކާރުން ފަށައިގެން ހިންގަމުންދިޔަ ތަރައްގީގެ ގިނަ މަޝްރޫއުތައް ރައީސް މުއިއްޒުގެ ސަރުކާރުން ހުއްޓުވާލާފައިވާ ކަމަށެވެ. އެގޮތުން ޝާހިދު ފާހަގަކުރައްވާފައިވަނީ ފީއަލީގައި އެމްޑީޕީ ސަރުކާރުން ފެށި ހޮސްޕިޓަލުގެ މަޝްރޫއުއެވެ. އެ މަޝްރޫއުގެ މަސައްކަތް އެމްޑީޕީ ސަރުކާރުގެ ދަށުން ބާރު ދުވެލީގައި ކުރިއަށް ގޮސް، ފައުންޑޭޝަން އަޅައި، ދެވަނަ ޝީޓު އެޅުމަށް ތަނބު ޖަހައި، ޝީޓު ތައްޔާރުކޮށްފައި ވަނިކޮށް، މި ސަރުކާރުން އެ މަޝްރޫއު ކުރިއަށް ނުގެންގޮސް ހުއްޓާލާފައިވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވި ގޮތުގައި، ދެވަނަ ޝީޓު އަޅަން ތައްޔާރުކޮށްފައި ހުރި ތަކެތި މި ސަރުކާރުން ވަނީ ރޫޅާލައިގެން ގެންގޮސްފައެވެ. އަދި މިހާރު ޖަހާފައިވާ ތަނބުތައް ފީވެ، ދަނގަޑުތައް ދަބަރަށްވެ، ކުރިން ކުރެވިފައިވާ އެތައް މިލިއަން ރުފިޔާއެއްގެ މަސައްކަތް ބޭކާރުކޮށްލާފައިވާ ކަމަށް ވެސް ޝާހިދު ފާހަގަކުރެއްވިއެވެ.
މިކަމުގެ ސަބަބުން ފީއަލީ ރައްޔިތުންނަށް ރަށުން ލިބުމަށް އެދުނު ސިއްހީ ޚިދުމަތުގެ އުއްމީދު މި ސަރުކާރުން ވަނީ އޮޔާލައި ދުއްވާލާފައި ކަމަށާއި، ރައްޔިތުންނަށް މާޔޫސްކަމެއް ކުރިމަތިވެފައިވާ ކަމަށް ޝާހިދު ވިދާޅުވިއެވެ. މިފަދަ މަޝްރޫއުތައް ހުއްޓުވާލުމަކީ ރައްޔިތުންގެ ފައިސާ ބޭކާރުކޮށް، ރައްޔިތުންގެ އަސާސީ ޚިދުމަތްތަކަށް ހުރަސް އެޅުން ކަމަށް ވެސް ޝާހިދު ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު