މަތީ އަރުތަވެރިންގެ އެވޯޑް
މަތީ އަރުތަވެރިންގެ އެވޯޑް
3200 ދަރިވަރުންނާއެކު ރާއްޖޭގެ 66 ސްކޫލެއްގައި އޭލެވެލްގެ ކިޔެވުން މިއަދު ފަށައިފިއެވެ.

ތަޢުލީމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ، މި އަހަރު 6500 ދަރިވަރުން އޯލެވެލް ނިންމައިފައިވާ ކަމަށާއި، އަދި އޭގެތެރެއިން 3200 ދަރިވަރުން އޭލެވެލްއަށް ކިޔަވަން ފަށާފައިވާ ކަމަށެވެ. އެހެންކަމުން އޭލަވަލް އަށް ވަންނަ ދަރިވަރުންގެ ނިސްބަތް 49 އިންސައްތައަށް ވަނީ އިތުރުވެފައެވެ.

މިދިޔަ އަހަރު އޭލެވެލްގައި ބަިއވެރިވެފައިވަނީ 2100 ދަރިވަރުންނެވެ. އެއީ އެ އަހަރު އޯލެވެލް ނިންމި ދަރިވަރުންގެ 32 އިންސައްތައެވެ. ހަމައެއާއެކު މިއަހަރު އޭލެވެލް އަށް މިފަދަ ބޮޑު ތަރުޙީބެއް ލިބުމުގެ މައިގަނޑު ސަބަބަކީ ސަރުކާރުން ފަހިކޮށްދެމުންދާ ތަނަވަސް ފުރުސަތުތައް ކަމަށް ވަޒީރު ވިދާޅުވެފައިވެއެވެ.

“މިފަހަރު އިތުރު 13 ސްކޫލްގައި އޭލެވެލްއަށް ވަނީ ކިޔަވަން ފަށާފަ. މިހާރު ރާއްޖޭގައި އޭލެވަލްއަށް ކިޔަވައިދޭ 66އެއްހާ ސްކޫލް އެބަހުރި.” ވަޒީރު ވިދާޅުވިއެވެ.

ހަމައެހެންމެ ވަޒީރު ޝަފީއު ވިދާޅުވީ މަތީ ސާނަވީ މުހިންމުވަނީ އެކަޑެމިކް ކިޔެވުމަށް އެކަނި ނޫންކަމަށާއި އޭލެވެލްގެ ސަބަބުން ކުދިން ވަޒީފާގެ މާހައުލަށް ތައްޔާރުކޮށްދީ މުއާމަލާތްކުރުމުގެ ހުނަރުތައް ތަރައްގީކޮށްދިނުމުގެ އިތުރުން އާއްމު ދިރިއުޅުމަށް ކުދިން ވަރަށް ބޮޑަށް ތައްޔާރު ކޮށްދޭނެ ކަމަށެވެ.

އަދި ސަރުކާރުން ނިންމާފަވަނީ ދެ ޕާތްވޭއަކަށް މަތީ ސާނަވީގެ މަރުހަލާތައް ގެންދިއުމަށް ކަމަށާއި އެގޮތުން އެކަޑެމިކް ޕާތްވޭގެ އިތުރުން، ވޮކޭޝަނަލް ތައުލީމުގެ މަރުހަލާވެސް އޭގައި ހިމެނޭނެ ކަމަށް ވަޒީރު ފާހަގަ ކުރެއްވިއެވެ.

އޭގެ އިތުރުން ވަޒީރު ވިދާޅުވީ، އޭލެވެލްގެ މަރުޙަލާއަކީ ދިރިއުޅުމުގެ މައިދާނަށް ނިކުތުމުގެ ކުރިން ސްކޫލެއްގައި ތަޢުލީމް ޙާސިލްކުރުމަށް ދަރިވަރުންނަށް ލިބޭނެ އެންމެ ފަހު ފުރުސަތު ކަމަށާއި، މި ފުރުސަތުގެ ބޭނުން ރަނގަޅު ގޮތުގައި ހިފުމަށް އެދިލައްވާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު