މޫނު ބުރުގާ އަޅައިގެން ވަޒީފާއަށް ނުކުންނަން ހުރަހެއް ނެތް ކަމަށް ކަނޑައަޅައި ސިވިލް ސަރވިސް ގަވައިދު އިސްލާހުކޮށް، ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފިއެވެ.
ސީއެސްސީން މިއަދު މިގޮތަށް ނިންމާފައިވާއިރު، ސިވިލް ސާވިސްގެ ގަވާއިދުގެ 145 ވަނަ މާއްދާގައި މީގެކުރިން ވަނީ ކާކުކަން ނޭނގޭ ފަދަ ހެދުން އަޅައިގެން ސިވިލް ސާވިސްގެ ވަޒީފާ އަދާކުރުން މަނާކޮށްފައެވެ. އަދި ކާކު ކަން ނޭނގޭ ގޮތަށް މޫނު ބުރުގާ އަޅައިގެން ރަށްރަށުގެ ބައެއް ސްކޫލްތަކުގެ ޓީޗަރުން ސްކޫލަށް އައުމުން މީގެކުރިން ފިޔަވަޅު އަޅައި ގެއަށް ފޮނުވާލާފައިވެއެވެ.
އެ ގަވައިދަށް އިއްޔެ އަލަށް ގެނައި އިސްލާހުގައި ވަނީ ސިވިލް ސާވިސް މުވައްޒަފުން ހިދުމަތް ދިނުމުގައި ތިބެން ވާނީ އެކަށީގެންވާ ހެދުމެއްގައި ކަމަށެވެ. އަދި އެ ހިދުމަތުގެ ގޮތުން ކާކުކަން އެނގެން ޖެހޭ ފަދަ ހިދުމަތެއްދޭ މުވައްޒަފުންގެ ނަމާއި މަގާމު އެނގޭ ގޮތަށް ކާޑު ނުވަތަ ޓެގް ބޭނުން ކުރަން ވާނެ ކަމަށް އިސްލާހުގައިވެއެވެ.
ސިވިލް ސާވިސް ގަވައިދުގެ 145 ވަނަ މާއްދާއަށް މި ގެނައި އިސްލާހާއެކު މޫނު ބުރުގާ އަޅައިގެން ވަޒީފާއަށް ނުކުތުން އެކަމަށް ބޭނުން ހުރިހާ މުވައްޒަފުންނަށް ވަނީ ހުއްދަވެފައެވެ.
ސީއެސްސީން މިނިންމުން ނިންމާފައިވާއިރު، މިދިޔަ މަހުގެ ތެރޭގައި ވަނީ، މޫނު ބުރުގާ އަޅައިގެން ކޯޓުތަކާއި ޝަރުއީ ދާއިރާގައި ވަޒީފާ އަދާ ކުރެވޭނެ ގޮތަށް ވެސް ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު