ރައްޔިތުންގެ އިހުތިޔާރަށް އިޙްތިރާމްކޮށް، ޑިމޮކްރަސީގެ އުޞޫލުތައް ހިފެހެއްޓުމަށް ދިވެހިރާއްޖޭގެ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، ސަރުކާރަށް ގޮވާލައްވައިފިއެވެ.
ރައީސް ޞާލިޙް މިފަދައިން ގޮވާލައްވައިފައިވަނީ ދުނިޔޭގެ ޑިމޮކްރަސީ ދުވަސް ފާހަގަކުރުމުގެ ގޮތުން، އެކްސް ގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން ރައީސް ޞާލިޙް ވިދާޅުވީ މިއަހަރުގެ ދުނިޔޭގެ ޑިމޮކްރަސީ ދުވަސް އައިއިރު، ދިވެހިރާއްޖޭގެ ޑިމޮކްރަސީ އޮތީ ނުރައްކާތެރި ހާލަތެއްގައިކަމަށެވެ. އަދި ސަރުކާރުން ހުށައަޅާފައިވާ މީޑިއާ ކޮންޓްރޯލް ކުރާ ބިލަކީ ނޫސްވެރިކަމުގެ މިނިވަންކަމާއި، ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށްވެސް އޮތް ނުރައްކަލެއްކަމަށް ރައީސް ޞާލިޙް ފާހަގަ ކުރެއްވިއެވެ. ރައީސް ޞާލިޙް ވިދާޅުވީ އެ ބިލަކީ ސަރުކާރާ އެއްކޮޅަށް ވާހަކަ ދައްކާ ފަރާތްތަކަށް އެކަނި ފައިދާ ވާގޮތަށް އޮތް ބިލެއް ކަމަށެވެ.
ޞާލިޙްގެ މެސެޖު ނިންމަވާލައްވަމުން ރައްޔިތުންގެ އިހުތިޔާރަށް އިޙްތިރާމްކޮށް، ޑިމޮކްރަސީގެ އުޞޫލުތައް ހިފެހެއްޓުމަށް ސަރުކާރަށް ގޮވާލައްވާފައިވެއެވެ. އަދި ޑިމޮކްރަސީގެ އުސޫލުތައް ހިފަހައްޓައި، ރައްކާތެރިކުރުމަށް ސަރުކާރަށް ގޮވާލެއްވިއެވެ.
ރައީސް ޞާލިޙް މިހެން ވިދާޅުވެފައިވާއިރު މީޑިއާގެ މިނިވަންކަމަކީ ރަނގަޅު ޑިމޮކްރަސީއެއް ގާއިމުކޮށް ދެމެހެއްޓުމުގެ ތަޅުދަނޑިއެއްކަމަށް، ކަމާ ބެހޭ މާހިރުން ދެކެއެވެ. އަދި މިނިވަންކަމާއެކު ހިޔާލު ފާޅުކޮށް، ސަރުކާރު ޖަވާބުދާރީ ކުރަން މަސައްކަތްކޮށް، ކަންކަމާ މަޝްވަރާކޮށް، ރަނގަޅު ކުރަންވީ ކަންކަމާ ބެހޭގޮތުން އަޑުއުފުލުމަކީ ވެސް ޑިމޮކްރަސީގެ އުސޫލުތަކުގެ ތެރެއިން ލިބިދޭ ހައްގެއްކަމަށް ކަމާބެހޭ މާހިރުން ދެކެއެވެ.
ރަސްމީ ގޮތެއްގައި ފުރަތަމަ ފަހަރަށް، ބައިނަލްއަޤްވާމީ ފެންވަރުގައި ޑިމޮކްރަސީ ދުވަސް ފާހަގަކުރީ 15 ސެޕްޓެމްބަރ 2008 ގައެވެ. މިދުވަސް ފާހަގަކުރާ ދުވަހަކީ ސެޕްޓެމްބަރ 15 ވަނަ ދުވަސް ކަމުގައި ނިންމާފައިވަނީ، މި ދުވަހަކީ ޑިމޮކްރަސީގެ އުސޫލުތައް ކަށަވަރުކޮށްދޭ 'ޔުނިވަރސަލް ޑެކްލަރޭޝަން އޮން ޑިމޮކްރަސީ'، 1997 ވަނަ އަހަރު، އިންޓަރޕާލަމެންޓްރީ ޔޫނިއަނުން ބަލައިގެން ދުވަސް ކަމުގައިވާތީއެވެ.

This year’s World Democracy Day comes at a particularly precarious moment for democracy in the Maldives. The government’s proposed media control bill—placing all media under the regulatory authority of a government-controlled commission—poses a direct threat to freedom of the…
— Ibrahim Mohamed Solih (@ibusolih) September 15, 2025
ރައީސް ޞާލިޙް މިހެން ވިދާޅުވެފައިވާއިރު މީޑިއާގެ މިނިވަންކަމަކީ ރަނގަޅު ޑިމޮކްރަސީއެއް ގާއިމުކޮށް ދެމެހެއްޓުމުގެ ތަޅުދަނޑިއެއްކަމަށް، ކަމާ ބެހޭ މާހިރުން ދެކެއެވެ. އަދި މިނިވަންކަމާއެކު ހިޔާލު ފާޅުކޮށް، ސަރުކާރު ޖަވާބުދާރީ ކުރަން މަސައްކަތްކޮށް، ކަންކަމާ މަޝްވަރާކޮށް، ރަނގަޅު ކުރަންވީ ކަންކަމާ ބެހޭގޮތުން އަޑުއުފުލުމަކީ ވެސް ޑިމޮކްރަސީގެ އުސޫލުތަކުގެ ތެރެއިން ލިބިދޭ ހައްގެއްކަމަށް ކަމާބެހޭ މާހިރުން ދެކެއެވެ.
ރަސްމީ ގޮތެއްގައި ފުރަތަމަ ފަހަރަށް، ބައިނަލްއަޤްވާމީ ފެންވަރުގައި ޑިމޮކްރަސީ ދުވަސް ފާހަގަކުރީ 15 ސެޕްޓެމްބަރ 2008 ގައެވެ. މިދުވަސް ފާހަގަކުރާ ދުވަހަކީ ސެޕްޓެމްބަރ 15 ވަނަ ދުވަސް ކަމުގައި ނިންމާފައިވަނީ، މި ދުވަހަކީ ޑިމޮކްރަސީގެ އުސޫލުތައް ކަށަވަރުކޮށްދޭ 'ޔުނިވަރސަލް ޑެކްލަރޭޝަން އޮން ޑިމޮކްރަސީ'، 1997 ވަނަ އަހަރު، އިންޓަރޕާލަމެންޓްރީ ޔޫނިއަނުން ބަލައިގެން ދުވަސް ކަމުގައިވާތީއެވެ.
ކިޔުންތެރިންގެ ހިޔާލު