އެމެރިކާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު-
އެމެރިކާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު-
ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ދެމެހެއްޓުމަށް އެމެރިކާއިން ރާއްޖެއަށް ގޮވާލައިފިއެވެ.

ރާއްޖޭގައި ހުންނަ އެމެރިކާގެ އެމްބަސީން މިކަމަށް ގޮވާލާފައިވަނީ ގިނަ އަދަދެއްގެ ނޫސްވެރިންނާއި، އިދިކޮޅު ފަރާތްތަކުންނާއި، އާންމުންގެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް ރައްޔިތުންގެ މަޖިލީހުން މިއަދު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ބިލު ފާސްކޮށްފައިވާތީއެވެ.

ޕީއެންސީގެ ސުޕަމެޖޯރިޓީ އޮތް މަޖިލީހުން، މި ބިލު ފާސްކުރީ 60 މެންބަރުންގެ ވޯޓާއެކުއެވެ. މި ބިލާ ދެކޮޅަށް ވޯޓު ދެއްވީ އެންމެ މެމްބަރެކެވެ.

ބިލު ފާސްކުރަން ފެނޭތޯ ވޯޓަށް އެހިއިރު، ބިލާ ދެކޮޅަށް އިހުތިޖާޖު ކުރަމުންދިޔަ އެމްޑީޕީ މެންބަރުން ވަނީ ނަން އިއްވައި، މަޖިލީހުގެ ތަޅުމުން ނެރެފައެވެ.

ބިލު ފާސްކުރި ފަހުން ރާއްޖޭގައި ހުންނަ އެމެރިކާ އެމްބަސީން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ ނޫސްވެރިން ހިމެނޭ ގޮތަށް، ހުރިހާ އެންމެންނަށް ވެސް އަސާސީ މިނިވަންކަމެއްގެ ގޮތުން، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ދިނުމަށް އެމެރިކާއިން ތާއިދުކުރާ ކަމަށެވެ.

ސަރުކާރާ ދެކޮޅު އަޑުތަކާއި އަދި ތަފާތު ހިޔާލުތައް ފާޅުކުރުމުގެ މިނިވަންކަން ދެމެހެއްޓުމަށް ރާއްޖެއާއި ހުރިހާ ގައުމަކަށް އެމެރިކާގެ އެމްބަސީން ވަނީ ގޮވާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު