"ޝާރުޖާ ނެރޭޓަރސް ފޯރަމް" ގެ 25 ވަނަ ސެޝަން ޝަރަފްވެރިކޮށްދެއްވުމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ޔުނައިޓެޑް އަރަބް އެމިރޭޓްސް ( ޔޫއޭއީ) ގެ ޝާރްޖާއަށް ފުރާވަޑައިގެންފިއެވެ.
މި ފޯރަމް ކުރިއަށްދާނީ މި މަހު 22އިން 26 އަށެވެ. ވަޒީރުގެ މި ދަތުރުފުޅަކީ ޝާރްޖާ އިންސްޓިޓިއުޓް އޮފް ހެރިޓޭޖުން ދެއްވާފައިވާ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގެ ހުރިހާ ހަރަދެއް ހަމަޖައްސާނީ ޝާރުޖާގެ ފަރާތުންނެވެ.
"ދަތުރުވެރީންގެ ވާހަކަ" މި ޝިޢާރުގެ ދަށުން ބާއްވާ މި ފޯރަމަކީ އެކި ޤައުމުތަކުގެ ތާރީޚާއި ސަޤާފަތާއި އާދަކާދަތައް ބޭރުދުނިޔެއަށް ދައްކުވައިދިނުމުގެ އިތުރުން، ފަންނުވެރީންގެ ހުނަރުތައް ކުރިއެރުވުމުގެ މަގްސަދުގައި ކުރިއަށްގެންދާ ފޯރަމެކެވެ.
މި ފޯރަމުގައި ރާއްޖެ ބައިވެރިވެރިވެފައި ވާއިރު މީގެ ސަބަބުން ރާއްޖޭގެ ތަރިކައާއި މާދަރީބަހުގެ ޢިލްމުވެރީންނާއި ފަންނާނުންނަށް ބައިވެރިވުމުގެ ފުރުޞަތު ލިބި، ފަންނުވެރީންގެ ހުނަރު ދައްކާލުމުގެ ފުރުޞަތު ވެސް ވަނީ ލިބިފައެވެ.
މި ދަތުރުފުޅުގައި ވަޒީރާ އެކު ރާއްޖޭގެ ސަޤާފީތަރިކަ ރައްކާތެރިކޮށް ހިމާޔަތްކުރެއްވުމަށް ތަޖުރިބާ އާއި ހުނަރުގެ ގޮތުން ލާމަސީލު މަސައްކަތްތަކެއް ކޮށްދެއްވާފައިވާ "ޤައުމީ ޚަޒާނާ" އެއްގެ ގޮތުގައި ބަލައިގަންނަ ފެންވަރުގެ ޝަޚްސިއްޔަތަކާއި، ރާއްޖޭގެ ސަޤާފީ ތަރިކަ ދިރުވައި އާލާކުރުމުގެ މަތިވެރި މަޤްސަދުގައި ޢިލްމީ ދިރާސާ މަސައްކަތްތަކެއް ކޮށްފައިވާ އަދި އެ ރޮނގުން ހޯދުންތަކެއް ހޯދާ ޝާއިޢުކޮށްފައިވާ ފަރާތެއްގެ އިތުރުން ދިވެހި ސަގާފަތް ދައްކުވައިދޭ ފަންނުވެރީންތަކެއްގެ ހުށަހެޅުން ހުށައަޅައިދޭނެ ފަރާތްތަކެއް ވެސް ބައިވެރިވަޑައިގެންފައިވާ ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު