ދިވެހިރާއްޖޭގެ ސަގާފީ އަތްތެރި މަސައްކަތްތައް، ޚާއްޞަކޮށް ފޭލިވިޔުމުގެ ފަންނު އާލާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢުގެ ދަށުން، މޯލްޑިވްސް ޕޮލިޓެކްނިކްގައި ޤާއިމްކުރާ ކަލްޗަރަލް ސެންޓަރު އަންނަ ނޮވެންބަރު މަހު ހުޅުވަން ތައްޔާރުވެއްޖެއެވެ.
މިކަމުގެ ތަފްސީލުތައް ހާމަކުރެއްވީ، ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީގައި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އާއި އިކޮނޮމިކް މިނިސްޓްރީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ. ހޯމަ ދުވަހު ބޭއްވި މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ ރާއްޖޭގައި ނެތެމުންދާ ފޭލިވިޔުމުގެ މަސައްކަތް އަލުން ދިރުވައި، އެ ދާއިރާ ކުރިއެރުވުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުންނެވެ.
ބީސީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޒިޔާއު ކޮމިޓީގައި ވިދާޅުވީ، ޕޮލިޓެކްނިކްގައި މި ސެންޓަރު ޤާއިމްކުރުމުން ފޭލިވިޔުމުގެ މަސައްކަތް ދަސްކޮށްދިނުމާއި އާލާކުރުމުގެ އަމަލީ މަސައްކަތްތައް އެތަނުގައި ފުޅާދާއިރާއެއްގައި ކުރިއަށްދާނެ ކަމަށެވެ. އަދި މިކަމަށް ބޭނުންވާ ފަންނީ ތަޖުރިބާކާރުންގެ އެހީތެރިކަން ހޯދުމަށް ޕޮލިޓެކްނިކާ ގުޅިގެން މަސައްކަތް ކުރަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.
ޒިޔާއު އިތުރަށް ހާމަކުރެއްވި ގޮތުގައި، މާލޭގެ އިތުރުން ރާއްޖޭގެ އެހެން ދެ ސަރަހައްދެއްގައިވެސް މިފަދަ މަރުކަޒުތައް ޤާއިމްކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. އެގޮތުން ބ. ތުޅާދޫ އަދި ގދ. ގައްދޫގައި ހަދާ ކަލްޗަރަލް ސެންޓަރުތައް އަންނަ އަހަރުގެ ޖުލައި މަހު ހުޅުވޭނެއެވެ. މި ތަންތަނުގައި ފޭލިވިޔުމަށް ބޭނުންވާ ޚާއްޞަ މެޝިނަރީތައް ބަހައްޓައި، އާ ޖީލުތަކަށް މި މަސައްކަތް އުނގަންނައިދޭނެއެވެ. މި މަޝްރޫޢުގައި 'މެކްސް' ޖަމިއްޔާ ފަދަ މަދަނީ ޖަމިއްޔާތަކުގެ އެއްބާރުލުން ލިބެމުންދާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުމުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަ
ންޓް އެންޑް ޓްރޭޑްގެ ޑެޕިއުޓީ މިނިސްޓަރ އައިޝް މުހައްމަދު ވިދާޅުވީ، ސަގާފީ މަސައްކަތްތައް ހީނަރުވާ އެންމެ ބޮޑު ސަބަބަކީ އެކަށީގެންވާ އާމްދަނީއެއް ނުލިބުމާއި، ހުނަރުވެރިން ބިނާނުކުރެވުމުގެ އިތުރުން އުފެއްދުންތައް މަރކެޓްކުރުމަށް ހުރި ހުރަސްތައް ކަމަށެވެ. ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއެކު، ކެބިނެޓުން ނިންމާފައިވާ ޚާއްޞަ އެކްޝަން ޕްލޭނެއްގެ ދަށުން މިހާރު މި މަސައްކަތްތައް ބާރުސްޕީޑުގައި ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ހެރިޓޭޖް މިނިސްޓްރީންވެސް ވަނީ ދިވެހިންގެ މާނަވީ ތަރިކަ ރައްކާތެރިކުރުމަށް ވުޒާރާގެ ފެންވަރުގައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުންދާކަން ކޮމިޓީގައި ހާމަކޮށްފައެވެ. ސަރުކާރުގެ މި ހުރިހާ މަސައްކަތްތަކެއްގެ މައިގަނޑު އަމާޒަކީ ދިވެހި ސަގާފަތާއި އަތްތެރި މަސައްކަތްތަކީ އިގްތިސާދީގޮތުން ފައިދާހުރި، ދެމެހެއްޓެނިވި މަސައްކަތްތަކަކަށް ހެދުމެވެ.

ALG
UZB
GHA
ކިޔުންތެރިންގެ ހިޔާލު