ތާކުން ތާކު ނުޖެހޭ ކޮހުން ވެރިންނަށް ލާފަ، މުއައްސަސާތައް ރަނގަޅަށް ހިނގާނެ ކަން ގަބޫލު ކުރުމީ ކުށްހީއެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު ނަސީރު މިހެން ވިދާޅުވެފައިވަނީ މިނިވަން މުވައްސަސާތަކާ ބެހޭގޮތުން އެސްއެސްޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން އުމަރު ވިދާޅުވީ މިނިވަން މުވައްސަސާތަކުގައި ތިއްބެވި ގިނަ ބޭފުޅުންނަކީ ވަޒީފާގެ އަޅުންކަމާއި، އަދި އެބޭފުޅުންގެ ވަޒީފާ ދެމެހެއްޓުމަށްޓަކައި، އެއިރެއްގައި އޮންނަ ސަރުކާރެއް ބުނާގޮތައް އަމަލު ކުރަމުންދާކަމަށާއި، މިއީ ވަރަށް ހިތާމަހުރިކަމެއްކަމަށެވެ.
"ހިއުމަން ރައިޓްސް ކޮމިޝަނަށް ބެއްޔަސް، އެންޓިކޮރަޕްޝަން ކޮމިޝަނަށް ބެއްޔަސް، މިނިވަން މުވައްސަސާތަކުގައި ނަމުގައި މިހިރަ ގާތްގަނޑަކަށް ހުރިހާ ތަނެއްގައި ތިބި ގިނަ ބޭފުޅުންނަކީ ވަޒީފާގެ އަޅުން. އެމީހުން މިތިބީ ސަރުކާރުން ބުނާގޮތެއް ހަދައިދޭގޮތަށް،" އުމަރު ވިދާޅުވިއެވެ.
މިކަމަށް މިސާލުޖައްސަވައި އޭސީސީ އިން ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު ވަކިކުރަންވީމަ މައްސަލައެއް އުފައްދާފަ، އެފަނޑިޔާރާ ބެހޭގޮތުން ވާހަކަ ދެއްކުމަށް މަޖިލީހަށް ސިޓީ ފޮނުވާކަމަށް އުމަރު ފާހަގަކުރެއްވިއެވެ. އަދި މިފަދަ އަމަލުތަކަކީ އޭސީސީ ފަދަ މުއައްސަސާ އަކުން ކޮށްގެން ވާނެ އަމަލެއް ނޫންކަމަށްވެސް އުމަރު ފާހަގަކުރެއްވިއެވެ. އުމަރު ވިދާޅުވީ އޭސީސީ މިހާރު އޮޕަރޭޓް ކުރަނީ ޕީއެންސީގެ ޖަގަހައެއް ގޮތަށްކަމަށެވެ. ހަމަ މިފަދައިން ހިއުމަން ރައިޓްސް ފަދަ އެހެން މުއައްސަސާތަކަށް ބެލިޔަސް، މިއީ ކަންހިނގާ ގޮތްކަމަށް އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ ކިތަންމެ ގިނަ އިދާރާތަކާއި، މުއައްސަސާތަކެއް ހެދިކަމުގައިވީނަމަވެސް، ދައުލަތް ބިނާވާނީ ވެރިޔަކަށް ހުންނަ ބޭފުޅެއްގެ ތެދުވެރިކަމާއި، އަދުލުވެރިކަމާއި އޭނާގެ ސްޓްރެންތުގެ މައްޗަށްކަމަށެވެ.
"އެންމެ މަތީގައި ހުންނަ މީހާއަކީ ކޮރަޕްޓް މީހެއް ކަމުގަ ވެއްޖިއްޔާ، ތިރީގެ މުއައްސަސާތަކާއި އެންމެ ތިރީ ލައިނުގައިވެސް ތިބޭނީ ކޮރަޕްޓް މީހުން. (އެމީހުން) ޖެހިލުމެއް ނުވާނެ ވައްކަންކޮށް ކޮރަޕްޝަންގެ އަމަލު ހިންގާކަށް،" އުމަރު ވިދާޅުވިއެވެ.
ނަމަވެސް ވެރިޔަކަށް ހުންނަ މީހާ އަކީ ހަރުދަނާ ސާބިތު މީހެއް ކަމުގަ ވާނަމަ، އޭނާގެ ދަށުގަ ތިބޭ މީހުން ކޮރަޕްޝަންގެ އަމަލު ހިންގަން ޖެހިލުންވާނެކަމަށް އުމަރު ވިދާޅުވިއެވެ.
"އަޅުގަނޑުމެން ތާކުން ތާކު ނުޖެހޭ ކޮހުން ވެރިންނަށް ލާފަ، ދެން އޭގެ ދަށުގަ ތިބެ މުއައްސަސާތައް މެދުވެރިކޮށް އެކޮސް ހިފެހެއްޓޭނެކަމަށް އަޅުގަނޑުމެން ގަބޫލު ކުރާކަމަށްވަންޏާ އެއީ ކުށްހީއެއް އެއީ،" އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ ވެރިންނަށް ގެންނަންވާނީ ޤާބިލު މީހުންކަމާއި ހަމަ ކޮންމެހެން މީހަކު ދައްކާހާ މީހަކު ވެރިއަކަށް ގެންނަން ނުވާނެކަމަށެވެ. އަދި ބާރުގަދަ ވެރިޔަކު ލީޑު ކުރަން ނެތިއްޔާ މުއައްސަސާތައް ދާނީ ފެއިލް ވަމުންކަމަށް އުމަރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު