ވިލިމާލެއާ ދިމާލު ބޭރުގައި އޮތް އިންޑިއާގެ ކާގޯ ބޯޓު "އެމްސީ ޑައުލާ" އިން ކަނޑަށް ވެއްޓި ގެއްލިގެން ހޯދަމުން ދިޔަ އިންޑިއާގެ ރައްޔިތެއްގެ ހަށިގަނޑު، ދެ ދުވަސް ފަހުން ފެނިއްޖެއެެވެ.
މި މީހާ ގެއްލިގެން އުޅޭކަމުގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބުނީ މިދިޔަ ހޯމަ ދުވަހުގެ ރޭ 11:35 ހާއިރު އެވެ. މި ހާދިސާ ހިނގިކަމަށް ރިޕޯޓުކޮށްފައިވަނީ ވިލިމާލެއާ ދިމާލު ބޭރުގައި އޮތް "އެމްއެސްވީ ޑައުލާ" ނަމަކަށް ކިޔާ އިންޑިއާގެ ކާގޯ ބޯޓަކުންނެވެ.
އެ ބޯޓުގައި ހުރި އިންޑިއާގެ ރައްޔިތަކު ކަނޑަށް ވެއްޓި ގެއްލިގެން ހޯދަމުންދާ ކަމަށް އެމްއެންޑީއެފަށް މައުލޫމާތު ލިބުމާއެކު، ކޯސްޓްގާޑުން ވަނީ ކަނޑުމަތީގެ ބޮޑު ސަރަހައްދެއް ބަލައި ހޯދުމުގެ މަސައްކަތް ފަށާފައެވެ.
އެމްއެންޑީއެފުން ރޭ ބުނީ ކަނޑަށް ވެއްޓުނު އެ މީހާގެ ހަށިގަނޑު، ކ.ފޭދޫފިނޮޅުގެ ދެކުނުން، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ހޯދާފައިވާ ކަމަށެވެ. ހަށިގަނޑު ފެނުމާއެކު، މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފައި ކަމަށްވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު