ދިވެހި ގައުމިއްޔަތުގެ ތާރީޚުގެ އިސްވާރު އަލްއުސްތާޛު ކަށިމާ އަޙްމަދު ޝާކިރަށް ޝާރްޖާގެ އަމީރު އައްޝައިޚު އައްދުކްތޫރު ސުލްޠާނު ބިން މުޙައްމަދު އަލްޤާސިމީގެ ފަރާތުން ޚާއްޞަ އެވޯޑެއް ލިބިވަޑައިގެންފިއެވެ.
މި އެވޯޑު ދީފައިވަނީ ޝާރްޖާގެ އަމީރުގެ ހާއްސަ ބެއްލެވުމުގެ ދަށުން ރިޖާ އިންސްޓިޓިއުޓް އޮފް ހެރިޓޭޖުގެ ފަރާތުން އިންތިޒާމުކޮށްގެން، މި މަހު 22 އިން 26 އަށް ކުރިޔަށް ގެންދާ ޝާރްޖާ އިންޓަރނޭޝަނަލް ނެރޭޓަރސް ފޯރަމްގައެވެ.
އެގޮތުން މި ފޯރަމްގައި ޝާކިރަށް ލިބިވަޑައިގެންފައިވަނީ 2025 ވަނަ އަހަރުގެ ޝަރަފުވެރި ރާވީގެ އެވޯޑެވެ.
މި އެވޯޑަކީ ބޭފުޅަކު ޤައުމެއްގެ ތަރިކައިގެ ދާއިރާއަށް ކުރައްވާފައިވާ މަސައްކަތްތަކާއި ޚިދުމަތުގެ ސަބަބުން އެ ބޭފުޅަކީ އެ ޤައުމެއްގައި ތަރިކައިގެ ދާއިރާގެ ޚާޒާނާއެއްކަމަށް އެ ޤައުމެއްގެ ސަރުކާރުން ބަލައިގަންނަ ފަރާތަކަށް ދެއްވާ އެވޯޑެކެވެ.
ދިވެހި ބަހާ، ސަގާފަތާ، ތަރިކައާ ބެހޭ ވުޒާރާއިން ބުނީ ކަށިމާ އަޙްމަދު ޝާކިރު ދިވެހި ތާރީޚަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ކަމަށެވެ. އެގޮތުން އޭނާ ލިޔުއްވި ޤަރުނު ފޮތް ސިލްސިލާ ފާހަގަކުރެވެއެވެ. އަދި އޭގެ އިތުރަށް އެތައް ބޭފުޅުންނެއްގެ ހަޔާތުނާމާތައް ޝާކިރު ވަނީ ލިޔުއްވާފައެވެ.
ވުޒާރާއިން ބުނީ މިހާރު ޝާކިރުގެ ހިދުމަތް އެންމެ ބޮޑަށް ފާހަގަކުރެވެނީ ދިވެހި ގައުމިއްޔަތު އިއާދަކޮށް ދިރުވާ އާލާކުރެއްވުމުގެ މަގްސަދުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުފެއްދެވި ދިވެހިތަރިކާ ދިރާސާކުރާ ގައުމީ މަރުކަޒުން ކަމަށެވެ. ޚާއްސަކޮށް ރައީސް މުޢިއްޒު އުފައްދަވާފައިވާ ދިވެހި ގައުމިއްޔަތުގެ އިސްވަރުގެ ތާރީޚު އިސްވާރުގެ ހައިސިއްޔަތުން އޭނާ ގެންދަވަނީ އެ މަރުކަޒުގެ ވިލަރެސްވެރީން ތަމްރީނުކުރުމާއި މުގައްރަރުތައް ފަރުމާކުރުން ފަދަ މަސައްކަތްތައްކުރައްވަމުން ކަމަށް ވުޒާރާއިން ހާމަކުރިއެވެ.
ޝާކިރުވަނީ ޝާރްޖާ ފޯރަމުގެ އެކި ދަންފަޅިތަކުގައި ރާއްޖޭގެ ތާރީޚާ ބެހޭ ހުށަހެޅުންތައް ހުށަހަޅުއްވާފައެވެ. އަދި ޝަރަފުވެރި ރާވީގެ މަގާމު ލިބިވަޑައިގަތުމާ ގުޅިގެން ޝާރުޖާގެ ބައެއް ޓީވީ ޗެނަލްތަކުން ވަނީ އޭނާގެ ބަސްދީގަތުންތައް ނަގާފައެވެ. ޝާކިރުގެ ހުށަހެޅުންތައް ބަލައިލަން އެކި ޔުނިވަރސިޓީތަކުން ދަރިވަރުން ހާޒިރުވި ކަމަށް ވުޒާރާއިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު