ފެނަކައިން 20 ރަށެއްގެ ފެނާއި ނަރުދަމާ މަސައްކަތް ސަބް ކޮންޓްރެކްޓަށް ދިނީ ހުއްދަ ނުނަގާ ކަމަށް އިމާރާތް ކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
ވަޒީރު މުއްޠަލިބް މިހެން ވިދާޅުވެފައިވަނީ، 2021 ވަނަ އަހަރުން 2023ގެ ނިޔަލަށް އެމްޑީޕީގެ ވެރިކަމުގައި ފެނަކަ މެދުވެރިކޮށް ވައްކަމާއި ޚިޔާނާތް ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ ކަމަށް އޮޑިޓު ރިޕޯޓުން ހާމަކުރުމާއި ގުޅިގެންނެވެ.
އެކަމާ ގުޅިގެން ޑރ. މުއްޠަލިބް ވިދާޅުވީ، 20 ރަށެއްގައި ފެނާއި ނަރުދަމާ އެޅުމަށް ފެނަކައާ ސަރުކާރުން ޙަވާލުކުރި އަގަށްވުރެ ބޮޑުކޮށް ސަބް ކޮންޓްރެކްޓްކޮށްފައި ވަނީ މާލިއްޔަތު ޤަވާޢިދުގެ ދަށުން ނަގަންޖެހޭ ހުއްދަ ނެގުމެއްނެތި ކަމަށެވެ.
މިކަމުގެ ސަބަބުން ފެނަކައަށް އެތައް ސަތޭކަ މިލިއަން ރުފިޔާގެ ގެއްލުންވުމުގެ އިތުރަށް އެ ޕްރޮޖެކްޓްތައް ހިންގުމަށް އިތުރަށް ޚަރަދުކުރަން ޖެހިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި 20 ރަށެއްގެ ރައްޔިތުންނަށް ފެނާއި ނަރުދަމާގެ އަސާސީ ޚިދުމަތް ނުލިބި އެތައް އަހަރެއް ވެގެން ގޮސްފައިވުމަކީ އެކަން ބަލައި އިހުމާލުވި ފަރާތްތަކަށް ފިޔަވަޅު އެޅެންޖެހޭ ކަމެއް ކަމަށްވެސް ވަޒީރު ވިދާޅުވެފައިވެއެވެ.
ވަޒީރު މިހެން ވިދާޅުވެފައިވާއިރު، 2021 ވަނަ އަހަރުން 2023ގެ ނިޔަލަށް ފެނަކަ މެދުވެރިކޮށް 2.2 ބިލިއަން ރުފިޔާގެ ޚިޔާނާތް ހިންގާފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ތުހުމަތު ކޮށްފައިވެއެވެ. އޭގެ ތެރެއިން 496 މިލިއަން ރުފިޔާ އަކީ ފެނާއި ނަރުދަމާ މަޝްރޫޢުގެ ތެރެއިން ހިންގި ކޮރަޕްޝަން ކަމަށް އޮޑިޓްގައި ފާހަގަ ކޮށްފައިވެއެވެ.
ނަމަވެސް ފެނަކައިގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު ވިދާޅުވެފައިވަނީ، ހުރިހާ ކަމެއްވެސް ކޮށްފައިވާނީ އުސޫލުގެ ތެރެއިން ކަމަށާއި، އެއްވެސް މައްސަލައެއް ވާނަމަ، އިންސާފުވެރިކަމާއެކު، ދެފުށް ފެންނަ ގޮތެއްގެ މަތިން، ސިޔާސީ ކުލައެއް ނުޖެހި މައްސަލަ ބެލުމަށް ގޮވާލައްވާ ކަމަށެވެ. އަދ، އެފަދަ ތަހުގީގަކަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށްވެސް ސަޢީދު ވަނީ ވިދާޅުވެފައެވެ.

20 ރަށެއްގައި ފެނާއި ނަރުދަމާ އެޅުމަށް ފެނަކައާ ސަރުކާރުން ޙަވާލުކުރި އަގަށްވުރެ ބޮޑުކޮށް ސަބް ކޮންޓްރެކްޓްކޮށްފައި ވަނީ މާލިއްޔަތު ޤަވާޢިދުގެ ދަށުން ނަގަންޖެހޭ ހުއްދަ ނެގުމެއްނެތި. މިކަމުގެ ސަބަބުން ފެނަކައަށް އެތައް ސަތޭކަ މިލިއަން ރުފިޔާގެ ގެއްލުންވުމުގެ އިތުރަށް އެ… pic.twitter.com/8KqLMA2b7z
— Abdulla Muththalib (@muththo) September 27, 2025
ވަޒީރު މިހެން ވިދާޅުވެފައިވާއިރު، 2021 ވަނަ އަހަރުން 2023ގެ ނިޔަލަށް ފެނަކަ މެދުވެރިކޮށް 2.2 ބިލިއަން ރުފިޔާގެ ޚިޔާނާތް ހިންގާފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ތުހުމަތު ކޮށްފައިވެއެވެ. އޭގެ ތެރެއިން 496 މިލިއަން ރުފިޔާ އަކީ ފެނާއި ނަރުދަމާ މަޝްރޫޢުގެ ތެރެއިން ހިންގި ކޮރަޕްޝަން ކަމަށް އޮޑިޓްގައި ފާހަގަ ކޮށްފައިވެއެވެ.
ނަމަވެސް ފެނަކައިގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު ވިދާޅުވެފައިވަނީ، ހުރިހާ ކަމެއްވެސް ކޮށްފައިވާނީ އުސޫލުގެ ތެރެއިން ކަމަށާއި، އެއްވެސް މައްސަލައެއް ވާނަމަ، އިންސާފުވެރިކަމާއެކު، ދެފުށް ފެންނަ ގޮތެއްގެ މަތިން، ސިޔާސީ ކުލައެއް ނުޖެހި މައްސަލަ ބެލުމަށް ގޮވާލައްވާ ކަމަށެވެ. އަދ، އެފަދަ ތަހުގީގަކަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށްވެސް ސަޢީދު ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ހިޔާލު