ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު
އެއްޖީލުން އަނެއްޖީލަށް ފަންނުތައް ވާރުތަކޮށްދެނީ މުދައްރިސުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

މެޑަމް ސާޖިދާ މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި އެންމެހާ މުދައްރިސުންނަށް ތަހުނިޔާ ފޮނުއްވައި މީސްމީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައެވެ.

އެގޮތުން މެޑަމް ސާޖިދާ ވިދާޅުވެފައިވަނީ، ކޮންމެ މުދައްރިސަކީ ދަރިވަރުންނަށްޓަކައި މަންމައެއް، ބަައްޕައެއް އަދި ބެލެނިވެރިއެއް ކަމަށެވެ. ހަމައެއާއެކު އެއްޖީލުން އަނެއްޖީލަށް ޢިލްމު ފޯރުކޮށްދީ ފަންނުތައް ވާރުތަކޮށްދެނީ މުދައްރިސުން ކަމަށްވެސް ސާޖިދާ ވިދާޅުވިއެވެ.

"މުދައްރިސުން ނެތް މުޖްތަމަޢެއްގެ ކުރިމަގެއް، ތަހުޒީބެއް، ދިރުމެއް، އުންމީދެއް ނޯންނާނެ." އެކަމަނާ ވިދާޅުވިއެވެ.

ސާޖިދާގެ މެސެޖް ނިންމަވާލައްވާފައިވަނީ، ހެޔޮލަފާ، ހީވާގި މުދައްރިސުންގެ އެހީތެރިކަމާއި ޚިދުމަތް އަބަދުމެ ދިވެހިރާއްޖެއަށް ލިބެމުން ދިއުމަށް އެދި ހެޔޮ ދުޢާކުރަށްވަމުންނެވެ.

މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި އެންމެހާ މުދައްރިސުންނަށް މެޑަމް ސާޖިދާ ތަހުނިޔާ ފޮނުއްވާފައިވާއިރު، ކޮންމެ އަހަރެއްގެވެސް އޮކްޓޮބަރު 5 ވަނަ ދުވަހަކީ ބައިނަލްއަޤްވާމީ މުދައްރިސުންގެ ދުވަހެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް