މިހާރުވެސް ހުޅުމާލޭ ދެވަނަ ފިޔަވަހިން 900އެއްހާ ދަރިވަރުން ކިޔަވަން މާލެ އަންނަ ކަމަށް ތަޢުލީމާބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
ދަޢުލަތުގެ މީޑިއާގައި ރޭ ވާހަކަފުޅު ދައްކަވަމުން ވަޒީރު ޝަފީޢު ވިދާޅުވީ، މިހާރު ވެސް ހުޅުމާލޭގެ ސްކޫލުތަކުން ޖާގަ ނުލިބިގެން 900އެއްހާ ދަރިވަރުން ހުޅުމާލޭ ދެވަނަ ފިޔަވަހިން މާލެއަށް ކިޔަވަން އަންނަ ކަމަށެވެ.
އަދި އެކަމަށް ޙައްލެއް ލިބޭނެކަމަށް ބެލެވެނީ މިހާރު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީކުރާ ޝަހީދު އަލީ ސުކޫލު ނިމުމުން ކަމަށާއި، އެ ސުކޫލަށް ހުޅުމާލޭ ދެވަނަ ފިޔަވަހިން ބަދަލުވާން ބޭނުންވާ ދަރިވަރުންނަށް ޖާގަ ދެވޭނެ ކަމަށް ވަޒީރު ވިދާޅުވީއެވެ. ވަޒީރު ވިދާޅުވީ، އަންނަ ޖަނަވަރީ 27 ގައި ފަށާ ދިރާސީ އަަހަރަށް އެ ސުކޫލު ހުޅުވޭނެ ކަމަށެވެ.
ހަމައެއާއެކު އެސްކޫލަށް ޕްރިންސިޕަލެއްވެސް މިހާރު ނަގާފައިވާ ކަމަށާއި، ސްކޫލަށް ބޭނުންވާ މުވައްޒަފުންނާއި ޓީޗަރުންވެސް ނަގަމުންދާ ކަމަށެވެ. އޭގެއިތުރުން ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައިވެސް އިތުރު 18 ކުލާސްރޫމު އެޅުމަށް ކޮންޓެރްކްޓަރަކާ ހަވާލުކޮށްފައިވާކަމަށާއި، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިތުރު ސުކޫލެއް އެޅުމުގެ މަސައްކަތް މިއަހަރު ފަށާނެކަން ވަޒީރު ވަނީ ފާހަގަ ކުރަށްވާފައެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖޭގެ ސްކޫލްތަކުގައި މިހާރުދަނީ، 84 ހާހެއްހާ ދަރިވަރުން ތަޢުލީމު ޙާސިލު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު