ގެދޮރުވެރިޔާ ސްކީމްގެ ދަށުން 4،000 ފުލެޓު ލިބޭ މީހުންގެ ތެރެއިން، އެންމެ 100 އެއްހައި މީހުންނަށް ވެސް އަދި ފްލެޓް ދީ ނުނިމި އުޅެނިކޮށް އެ ތަންތަން ބޮޑު އަގުގައި ކުއްޔަން ދޭން އައިބޭގައި އިޝްތިހާރުކުރަން ފަށައިފިއެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ބުނީ މިހާތަނަށް 62 ފަރާތަކަށް ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރެވިފައިވާ ކަމަށެވެ. މި މަޝްރޫޢުގައި ހިމެނޭ 32 ޓަވަރުގެ ތެރެއިން، އަމާން އުދަރެހުގެ 14 ވަނަ ޓަވަރުގެ ފްލެޓްތަކަށް އިސްކަންދީގެން ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް މިހާރުދަނީ ކުރިއަށެވެ.
ވޭތުވެދިޔަ މުއްދަތުގައި، ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުނުކުރެވި ލަސްވަމުންދިއުމާ ގުޅިގެން، ފްލެޓް ލިބެން ތިބި ފަރާތްތަކުން ގިނަގުނަ ޝަކުވާތަކާއި ކަންބޮޑުވުންތައް ފާޅުކޮށްފައިވެއެވެ. އެހެންނަމަވެސް، މިހާރު ސޯޝަލް މީޑިއާ އަދި އެހެނިހެން މުޢާމަލާތީ ވަސީލަތްތަކުގައި، މި ފްލެޓްތައް ކުއްޔަށް ދޫކުރުމަށް ދަނީ އިޢުލާންކުރަމުންނެވެ. އެގޮތުން އެފްޑީސީން 10،500 ރުފިޔާއަށް ކުއްޔަށް ދޫކުރާ ތިން ކޮޓަރީގެ އެޕާޓްމަންޓެއް 25،000 ރުފިޔާއަށް ކުއްޔަށް ދޫކުރާ ކަމަށް ބުނެ އިޝްތިހާރުކޮށްފައިވެއެވެ.
އަސާސީ ބޯހިޔާވަހިކަމުގެ ޙައްޤު ކަށަވަރުކޮށްދިނުމަށް ޚާއްޞަކޮށްގެން ހިންގޭ މިފަދަ މަޝްރޫޢުތަކުން، އެންމެ ޙައްޤުވެރި ފަރާތްތަކަށް ފްލެޓް ނުލިބުމުގެ ކަންބޮޑުވުން ގިނަ ފަރާތްތަކުން ފާޅުކުރަމުންދެއެވެ. އެހެންނަމަވެސް، ފްލެޓް ލިބުމަށްފަހު އެ ތަންތަން ބޮޑު އަގުގައި ކުއްޔަށް ދިނުމަކީ މާލެ ސަރަޙައްދުގައި ވަރަށް ބޮޑަށް އާންމުވެފައިވާ މައްސަލައެކެވެ.
ހުޅުމާލޭގެ ފޭސް 1 އަދި ފޭސް 2 ގައި ޢިމާރާތްކޮށްފައިފައިވާ ސޯޝަލް ހައުސިންގ ފްލެޓްތަކުގެ ތެރެއިން ގިނަ ޢަދަދެއްގެ ފްލެޓްތައްވެސް މަތީ އަގުތަކުގައި ވަނީ ކުއްޔަށް ދޫކޮށްފައެވެ.
ސަރުކާރުގެ ސޯޝަލް ހައުސިންގ މަޝްރޫޢުތަކުގެ ދަށުން ދޫކޮށްފައިވާ ފްލެޓްތައް އެހެން ފަރާތްތަކަށް ކުއްޔަށް ދިނުމަކީ ޤާނޫނީ ގޮތުން މަނާކަމެކެވެ. މިފަދަ ޢަމަލެއް ހިންގާ ފަރާތްތަކާމެދު އެއްބަސްވުން ބާޠިލުކޮށް، ފްލެޓް އަނބުރާ ދައުލަތަށް ނެގުމުގެ އިޚްތިޔާރު ކަމާބެހޭ އިދާރާތަކަށް ލިބިގެންވެއެވެ. އެހެންނަމަވެސް، ފްލެޓް ލިބޭ ފަރާތްތަކުން އެ ތަންތަނުގައި ދިރިއުޅޭތޯ ބެލުމަށް އެކަށީގެންވާ މޮނިޓަރިންގ ނިޒާމެއް ޤާއިމުކުރެވިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު