ރައީސް ޑރ. މުޢިއްޒު އާއި، ތަޢުލީމާބެހޭ ވަޒީރު
ރައީސް ޑރ. މުޢިއްޒު އާއި، ތަޢުލީމާބެހޭ ވަޒީރު
ސްކޫލް ކުދިން ކޭމްޕް ދާނެ ތަނެއް ކްރޮސް ރޯޑްސްގައި ހުޅުވައިފިއެވެ.

ޑްރީމް އައިލެންޑް ޓޫ ލިމިޑެޓު ކްރޮސްރޯޑްސްގެ އިޖްތިމާޢީ ޒިންމާގެ ދަށުން ޤާއިމްކޮށްދީފައިވާ މި ކޭމްޕް ސަރަހައްދު މިއަދު ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

ސްކޫލް ކުދިން ކޭމްޕް ދާނެ ތަނެއް ހުޅުވާފައިވާއިރު، ކެޑޭޓު، ގައިޑު އަދި ސްކައުޓު ހަރަކާތްތަކުގައި ކޭމްޕް ދާނެ ތަނެއް މާލެ ކައިރީގައި ނެތުމަކީ ތަޢުލީމީ ދާއިރާގެ ގިނަބައެއްގެ ކަންބޮޑުވުމެކެވެ.

މި ތަން ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ތަޢުލީމީ ވަޒީރު ޑރ. އިސްމާއިލް ޝަފީޢު ވިދާޅުވީ ދަރިވަރުންނަށް ކިޔެވުމުގެ އެކި ހަރަކާތްތަކުގައި މިތަން ބޭނުންކުރެވޭނެ ކަމަށާއި، އެހެންކަމަުން ކުދިންގެ ހުނަރުތައް ތަރައްޤީ ކުރުމަށް މިތަނުގެ ބޭނުން ފުރިހަމައަށް ހިފުމަށް އިލްތިމާސް ކުރަށްވާފައެވެ.

"އަބަދު ކޭމްޕްތައް އެތަނުގައި ކުރިއަށް ނުދާނެ، އެހެންވީމާ އެކި ދިރާސާތައް ކުދިން ކުރިއަށް ގެންދިޔުމަށްވެސް އެތަން ބޭނުންކުރެވޭނެ." ވަޒީރު ވިދާޅުވިއެވެ.

3 ހެކްޓަރުގެ ސަރަހައްދެއްގައި ޤާއިމް ކޮށްފައިވާ މި ކޭމްޕް ސައިޓްގައި އެޑްމިން އޮފީހަކާއި، ފަސްޓް އެއިޑް ރޫމަކާއި ދުވަހު ކޮޓަރިއާއި މިސްކިތެއް ހުރެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް